ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 590 ބަލި، ގަދަވީ 1603 މީހުން

ރާއްޖެއިން އިތުރު 590 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 67،538 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 389 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 195 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 20،014 މީހުންނެވެ. މިހާތަނަށް 47،333 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިއަދު ބަލިްނ ރަނގަޅުވީ 1،603 މީހެކެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 191 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގައި މިއަދު ހަތަރު މީހަކު މަރުވިއެވެ. އަދާ ހަމައަށް ޖުމްލަ 182 މީހަކު ވަނީ މަރުވެފައެވެ.