ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވީ 98 މީހެއް، ހަ މީހަކު އެޑްމިޓް

ކޮވިޑް-19 އަށް ޕޮޒިޓިވް ހަ މީހަކަަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އޮގަަސްޓް ހަތަކުން 13 ގެ ނިޔަލަށް 98 މީހަކަަށް ބަލި ޖެހިފައިވާ ކަމަަށެވެ. އެއީ އަތޮޅުތަކުން ޕޮޒިޓިވްވީ 40 މީހަކާއި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 18 މީހެކެވެ. ރިސޯޓްތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުންވެސް 40 މީހަކަަށް ވަނީ ބަލިޖެހިފައެވެ.

ކޮވިޑްގައި ނުރައްކާ އޮތް މީހުންގެ ތެރެއިން ހަ މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ މީހުންގެ ހާލަތާއި ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެއެވެ.

ރާއްޖެއިން މިހާތަނަށް 184،689 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 307 މީހަކު ވަނީ މަރުވެފައެވެ.

މިދިޔަ ދުވަސްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވީނަމަވެސް އެ އަދަދު ދަނީ މިހާރު ދަށްވަމުންނެވެ.