ޗާގޯސް އާކިޕެލާގޯ

ޑިއޭގޯ ގާސިއާއަށް ހަމަލާދޭނެކަމުގެ އިންޒާރެއް، ރާއްޖެއަށް ނުރައްކާ ވެދާނެތަ

ފޯޅަވަހި ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާ އަދި އިނގިރޭސި ޖޮއިންޓް އަސްކަރީ މަރުކަޒު
0%
0%
0%

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އޮންނަ ފޯޅަވެހި ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމެރިކާ އަދި އިނގިރޭސި ޖޮއިންޓް އަސްކަރީ މަރުކަޒަށް ހަމަލާ ދޭނެކަމަށް ބުނެ އީރާނުން އިންޒާރު ދީފައިވާ ކަމަށް "ދަ ޓެލެގްރާފް" އިން ރިޕޯޓްކޮށްފި އެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

ޑިއޭގޯ ގާސިއާއަކީ އައްޑޫސިޓީގެ ދެކުނުން ގާތްގަނޑަކަށް 700 ކިލޯމީޓަރު ދުރުގައިވާ ސަރަޙައްދެކެވެ. މި ތަނަކީ އެމެރިކާ އަދި އިނގިރޭސި ސިފައިން ބޭނުންކުރަމުންދާ ބޮޑު މިލިޓަރީ ބޭސްއެކެވެ. މި ބޭސްއަކީ މެދުއިރުމަތި އަދި އޭޝިއާގެ ސަރަޙައްދުގައި އެމެރިކާ ސިފައިން ހިންގާ ޙަރަކާތްތަކުގައި މުހިއްމު ދައުރެއް އަދާކުރާ ތަނެކެވެ.

އީރާނުގެ އިސް މިލިޓަރީ އޮފިޝަލެއް ދަ ޓެލެގްރާފަށް ވިދާޅުވީ އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އިނގިރޭސި ނުވަތަ އެމެރިކާގެ ބާރުތަކަށް އިރާންގެ މިސައިލްތައް އަމާޒުކުރުމުގައި ތަފާތެއް ނުބަހައްޓާނެ ކަމަށެވެ. އީރާންގެ ސަރުކާރުގެ މީޑިއާގައި ބުނެފައިވަނީ ހަނގުރާމައެއް ފެށިއްޖެނަމަ ޑިއޭގޯ ގާސިއާއަށް ބެލިސްޓިކް މިސައިލްތަކާއި ޑްރޯން ބޭނުންކޮށްގެން ހަމަލާ ދިނުމަށް އިރާނުން ނިންމާފައިވާ ކަމަށެވެ.

ޑިއޭގޯ ގާސިއާގައި ބީ-2 ސްޕިރިޓް ބޮމްބާ މަތިންދާބޯޓުތައް މަރުކަޒު ކުރުން އިތުރުކޮށްފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެ އެވެ. މިކަމާ ގުޅިގެން ރާއްޖެ ހިމެނޭ ސަރަޙައްދުގައި ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެފައިވެ އެވެ. ހާއްސަކޮށް ރާއްޖެއާ ގާތުގައި މި ބޭސް އޮތުމުގެ ސަބަބުންނެވެ.

އިރާންގެ އޮފިޝަލްގެ ވާހަކަތަކަށް އިނގިރޭސި ސަރުކާރުން ހަރުކަށި ޖަވާބެއް ދީފައިވެ އެވެ. އެގޮތުން އިނގިރޭސި ސަރުކާރުން ބުނީ އިރާންގެ ބިރުދެއްކުން އެންމެ ހަރުކަށި ގޮތެއްގައި ކުށްވެރިކުރާ ކަމަށެވެ.

އިނގިރޭސި ސަރުކާރުން ސަރަހައްދުގެ ބައިވެރިންނާއެކު މަސައްކަތް ކުރަމުންދަނީ މަސްރަހު މަޑުމަޑުން ފިނިކުރުމަށް ކަމަށްވެސް އިނގިރޭސީންގެ ބަޔާނުގައި ބުންޏެވެ.

ޑިއޭގޯ ގާސިއާގައި ހުރި ބޭސްއަކީ އިނގިރޭސިން އަދި އެމެރިކާގެ ސަލާމަތަށް ވަރަށް މުހިއްމު ތަނެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910