ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވީ 183 މީހެއް، 14 މީހަކު އެޑްމިޓް

ކޮވިޑް-19 އަށް ޕޮޒިޓިވް 14 މީހަކަަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ޖުލައި 24 އިން 30 ގެ ނިޔަލަށް 184 މީހަކަަށް ބަލި ޖެހިފައިވާ ކަމަަށެވެ. އެއީ އަތޮޅުތަކުން ޕޮޒިޓިވްވީ 85 މީހަކާއި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 33 މީހެކެވެ. ރިސޯޓްތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުންވެސް 65 މީހަކަަށް ވަނީ ބަލިޖެހިފައެވެ.

ކޮވިޑްގައި ނުރައްކާ އޮތް މީހުންގެ ތެރެއިން 14 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ މީހުންގެ ހާލަތާއި ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެއެވެ.

ރާއްޖެއިން މިހާތަނަށް 184،485 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 307 މީހަކު ވަނީ މަރުވެފައެވެ.

މިދިޔަ ދުވަސްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވީނަމަވެސް އެ އަދަދު ދަނީ މިހާރު ދަށްވަމުންނެވެ. ޖޫން މަހުގެ 19 އިން 25 އަށް 1،202 މީހަކަށް ބަލި ޖެހުނެވެ. ޖޫން 26 އިން ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށް 1،134 މީހަކަށް ބަލި ޖެހުނެވެ. އަދި ޖުލައި ތިންވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހާ ހަމައަށް 771 މީހަކަށް ބަލި ޖެހުނެވެ.