ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިދިޔަ ހަފްތާގައި ކޮވިޑް ޖެހުނީ 99 މީހަކަށް

ކޮވިޑް-19 އަށް ޕޮޒިޓިވް ނުވަ މީހަކަަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އޮގަަސްޓް 14 އިން 20 ގެ ނިޔަލަށް 99 މީހަކަަށް ބަލި ޖެހިފައިވާ ކަމަަށެވެ. އެއީ އަތޮޅުތަކުން ޕޮޒިޓިވްވީ 35 މީހަކާއި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 16 މީހެކެވެ. ރިސޯޓްތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުންވެސް 48 މީހަކަަށް ވަނީ ބަލިޖެހިފައެވެ.

ކޮވިޑްގައި ނުރައްކާ އޮތް މީހުންގެ ތެރެއިން ނުވަ މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ މީހުންގެ ހާލަތާއި ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެއެވެ.

ރާއްޖެއިން މިހާތަނަށް 184،788 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 307 މީހަކު ވަނީ މަރުވެފައެވެ.

މިދިޔަ ދުވަސްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވީނަމަވެސް އެ އަދަދު ދަނީ މިހާރު ދަށްވަމުންނެވެ.