ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 771 މީހަކު ކޮވިޑަށް ޕޮޒިޓިވް

މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވީ 771 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން ޖުލައި ތިންވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް 771 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 304 ކޭސް ފެނިފައިވަނީ އަތޮޅުތަކުންނެވެ. މާލެ ސަރަހައްދުން 771 މީހެކެވެ. ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްތަކުން 275 މީހަކަށް ވަނީ ބަލިޖެހިފައެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 183،491 ވުރެ މައްޗަށް އަރާފައެވެ. އެ ބަލީގައި ރާއްޖެއިން 307 މީހަކު މަރުވެފައިވެއެވެ.

މިދިޔަ ނުވަ ހަފްތާގެ ޕޮޒިޓިވް ނަންބަރު

  • މެއި އެކަކުން ހަތަކަށް - 120 މީހަކު ޕޮޒިޓިވް
  • މެއި އަށަކުން 14 އަށް - 77 މީހަކު ޕޮޒިޓިވް
  • މެއި 15 އިން 21 އަށް - 102 މީހަކު ޕޮޒިޓިވް
  • މެއި 22 އިން 28 އަށް - 91 މީހަކު ޕޮޒިޓިވް
  • މެއި 29 އިން ޖޫން ހަތަރަކަށް - 84 މީހަކު ޕޮޒިޓިވް
  • ޖޫން ފަހަކުން 11 އަށް - 142 މީހަކު ޕޮޒިޓިވް
  • ޖޫން 12 އިން 18 އަށް - 405 މީހަކު ޕޮޒިޓިވް
  • ޖޫން 19 އިން 25 އަށް - 1202 މީހަކު ޕޮޒިޓިވް
  • ޖޫން 26 އިން ޖުލައި 2 އަށް - 1134 މީހަކު ޕޮޒިޓިވް
  • ޖުލައި ތިނަކުން ޖުލައި ނުވަޔަކަށް - 771 މީހަކު ޕޮޒިޓިވް

ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވެދާނެތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. ކޮވިޑްގައި ދިވެހީން ވަނީ ނުރައްކާތެރި ހަތަރު ރާޅެއް ތަޖުރިބާ ކޮށްފައެވެ.