ނިއުކްލިއާ ހަތިޔާރު ނައްތާލަން ގޮވާލުމަކީ ބޭއިންސާފެއް އަދި ހަގީގަތަކަށްވުން ދުރު ކަމެއް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.
ވާންގް ޔީ މިހާރު އުޅުއްވަނީ ރަޝިއާއަށް ވަޑައިގެން ވެރިރަށް މޮސްކޯގަ އެވެ. ނޫސްވެރިނާ ވާހަކަދައްކަވުން ވަޒީރު ވިދާޅުވީ އެމެރިކާ އިސްވެ ވަކި ކަމަކަށް ގޮވާލުމުން ބައިވެރިވާން ޖެހުމަކީ މޮޔަ ކަމެއް ކަމަށެވެ.
ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓާލައި ނައްތާލުމަށް ސައްލާކުރަން އެމެރިކާއާ އެކު ބައިވެރިވާން ޓްރަމްޕް ސަރުކާރުން ވަނީ ޗައިނާ އަށާއި ރަޝިއާއަށް ދައުވަތުދީފަ އެވެ.
ވާންގް ޔީ ވިދާޅުވި ގޮތުން އެމެރިކާގެ މަސްލަހަތު ގެއްލޭ އެއްވެސް ކަމެއްގައި، އެމެރިކާ މަޝްވަރާރެއް ނުކުރާނެ އެވެ. ނިޔުކްލިޔާ ހަތިޔާރު ބަހައްޓަން ގޮވާލުމީ އަޑި ނޭނގޭ އަދި ކިލަނބުވެފައި އޮތް ގޮވާލުމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ
ވާންގް ވިދާޅުވި ގޮތުން ނިއުކްލިއާ ސިނާއަތުގައި އެމެރިކާ އޮތީ ޗައިނާއަށް ވުރެ އުހުގަ އެވެ. އަދި ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމުގައި، ރޭސްޖަހައި މޮޅުވުމަކީ ޗައިނާ އެދޭ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާއިން ނިއުކްލިއާ މުއްސަނދިކުމުގެ ފަހަތުގައި އޮތީ މަދަނީ ބޭނުންތަކެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. ހަކަތަ އުފެއްދުމާއި ދިރާސީ ހޯދުންތަކަށް ނިއުކްލިއާ ދިރާސާތައް މުހިންމު ކަމަށް އޭނާ ވިދާޅޅުވި އެވެ.
އެމެރިކާގެ މި ގޮވާލުށް ރަޝިއާ ވެސް ވަނީ ޖޯކުޖަހާފަ އެވެ. އެމެރިކާ ކުރަން ޖެހޭ ކަމެއް، އެހެން ބަޔަކު ލައްވައި ކުރުވުމަކީ އެދެވޭ އަދި ގާބިލު ގޮތް ނޫން ކަމަށް ވެސް ވާންގް ޔީ ވިދާޅުވި އެވެ.
ޗައިނާގެ ނިއުކްލިއާ މަޝްރޫއުތައް ކުރިއަށް ދަނީ ނިއުކްލިއާ ބޮން އުފައްދާ ގޮތަށް ނޫން ކަމަށް ވެސް ރަޝިއާއިން ވަނީ ބުނެފަ އެވެ.