ދުނިޔެ

ޗައިނާ، އީރާން، ރަޝިއާ ނިއުކްލިއާ މަޝްވަރާތައް ބެއިޖީންގަައި

ޗައިނާ، އީރާން، ރަޝިއާގެ ޚާރިޖީ ވަޒީރުންގެ ނައިބު ބެއިޖިންގައި ބައްދަކުރައްވަނީ
0%
0%
0%

ޗައިނާ، އީރާން އަދި ރަޝިއާގެ ސަފީރުން ޗައިނާގެ ވެރިރަށް ބެއިޖީންގައި މިއަދު ބައްދަލުކުރަނީ އެވެ. މިއީ މި ތިން ގައުމު ގުޅިގެން، ތެހެރާންގެ ނިއުކްލިއާ ޕްރޮގްރާމް ކުރިރަށްދާ ގޮތް ވިލަރެސްކުރަން ބާއްވާ ސައްލާ އެކެވެ.

މި މަޝްވަރާތަކުގައި ޗައިނާގެ ފަރާތުން ބައިވެރިވަނީ ޚާރިޖީ ވަޒީރުގެ ނައިބު، މާ ޖަޒޫ، ރަޝިއާއިން ޚާރިޖީ ވަޒީރުގެ ނައިބު ސަރުގޭ ޔަބްކޯފް އަދި އީރާނުން ޚާރިޖީ ވަޒީރުގެ ނައިބު ގާސިމް ޣަރީބުއަބާދީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާން ނިއުކްލިއާ ޕްރޮގްރާމްގައި ބަޔަކު ބިރުގަންނަ ވަރުގެ ކަމެއް ހިނގާ ނަމަ މި ވަޝްވަރާތަކުގައި އެކަމެއް ފާހަގަކުރާނެ އެވެ. އަދި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ކަންބޮޑުވުންތަކަށް ވެސް ރިއާޔަތްކުރާނެ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާ، ރަޝިއާ އަދި އީރާންގެ ޝައުގުވެރިކަން ހުރި ނިންމުތަކަށް އިސްކަންދޭނެ ކަމަށް ޗައިނާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.

ބެލެވޭ ގޮތުގައި މި މަޝްވަރާތަކަކީ އެމެރިކާގެ ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދިނުމަށް ރަޝިއާ އާއި ޗައިނާއިން ކުރާ މަޝްވަރާތަކެކެވެ.

އެމެރިކާ ބުނާ ގޮތުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ އަމާޒަކީ އަސްކަރީ ފެންވަރަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމެވެ. މިކަމުގައި އެެރިކާއަށް އޮތް އެންމެ ބޮޑު ބިރަކީ އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފައްދައިފި ނަމަ ގާތީ އިޒުރޭލުގެ ޒަމާން ދިއުމާ އެވެ. އީރާނާ އިޒުރޭލަކީ ދުޝްމަނުންގެ ގޮތުގައި ނޮޅައިގެން މަސްކާ ހިސާބުގައި ތިބި ބައެކެވެ.

އީރާނުން އިޒުރޭލަށް އިންޒާރުދިނުމުގައި އާންމުކޮށް ބޭނުންކުރާ ބަހުރުވަ އަކީ، އިޒުރޭލުން އީރާނާ ތޮޅެއް ހަދައިފި ނަމަ މުޅި އިޒުރޭލު އަންދާލާނެ ކަމަށް ބުނާ ބުނުމެވެ.

އީރާން ބުނާ ގޮތުން ތެހެރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކަށް -- ހަކަތަ އުފައްދަން ހިންގާ ޕްރޮގްރާމެކެެވެ. އަސްކަރީ ފެންވަރަށް ނިއުކްލިއާ މުއްސަނދި ނުކުރާނެ ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އެމެރިކާއަށް އޮބި ނޯންނަ ވަރަށް އީރާނުން ނިއުކްލިއާ މަސައްކަތްތައް ކުރިއަށް ޖައްސައިގެން މިއުޅެނީ، އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބާމާގެ ވެރިކަމުގައި އީރާންއާ އެކު2015 ގައި ހެދި ނިއުކްލިއާ އެއްބަސްވުން، ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، 2018 އުފާލުމުގެ ސަބަބުންނެވެ.

ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އީރާންގެ ނިއުކްލިއާ އެއްބަސްވުން އުވާލުމަށް ފަހު އީރާނަށް އިތުރު ދަތިކުރުންތައް ކުރިމަތިކޮށް އިގުތިސާދީ ގޮތުން ވަރަށް ބޮޑަށް ފިއްތާލި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345