ދުނިޔެ

ދުނިޔޭގައި ހިނގާ ހުރިހާ ނުބައިކަމެއްގެ ފަހަތުގައި އޮތީ އެމެރިކާ: ޕޫޓިން

އެމެރިކާގެ ސަބަބުން ޔުކްރޭންގެ އަތުން ކްރައިމިއާ ދޫވެއްޖެ ކަމަށާއި ޔުކްރޭން ހަލާކުވުމުގެ އަސްލަކީ ވެސް އެމެރިކާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި މެދުއިރުމަތިން އަރާހާ އަލިފާނެއް އެ އަރަނީ ވެސް އެމެރިކާގެ ސަބަބުންނެވެ. ޣައްޒާއަށް ދޭ ހުރިހާ ހަމަލާތަެއް ރާވައި -- ހަތިޔާރާއި ފަންނީ ހުރިހާ އެހީތެރިކަމެއް ޔަހޫދީންނަށް ފޯރުކޮށްދެނި އެމެރިކާ އެވެ.

ދެކުނު ޗައިނާ ކަނޑުގައި ދެންމެ ދެންމެ ހަނގުރާމައެއް -- ޗައިނާއާ ދެކޮޅަށް އެމެރިކާ ފަށާފާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ދުނިޔޭގެ ކޮންމެ ކޮޅުމައްޗަކަށް ބެލި ނަމަވެސް، އެމެރިކާގެ ޔަހޫދީ ރޭވުންމެއް ނެތް ބައްރެއް، ކަނޑެއް އަދި ހިކިފަހެއް ނެތް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

އެމެރިކާ އަކީ ހަސަދަވެރިން ގިނަ ބަޔަކު ތިބި ތަނެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ. އެ މީހުންނަށް ވުރެ މޮޅަށް އެއްވެސް ކަމެއް، އެއްވެސް ބަޔަކަށް ކުރެވެން ނެތް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޣައްޒާއަށް ޔަހޫދީން ދެމުންދާ ހަމަލާތައް ހުއްޓާލަން މުޅި ދުނިޔެ ގޮވަމުންދާއިރު އެމެރިކާ ދެނީ ސާބަސް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޣައްޒާގެ ކުޑަކުދިންނާއި ދުވަސްވީ މީހުންގެ ގައިން ލޭކޮށާލައި ކާންނުދީ ބަނޑަށް ޖައްސާފައި އެ ވަނީ ވެސް އެމެރިކާ ބުނެގެން ކަމަށް ވެސް ރަޝީއާގެ ރައީސް ވިދާޅުވި އެވެ.

އެމެރިކާ ބުނާހާ ގޮތެއް މުޅި ދުނިޔެ ހަދަމުންދާއިރު އަދި އެމެރިކާއަށް ފައިދާ ހުރި ކޮންމެ ގޮތެއް ދުނިޔެއަށް އެންމެ ރަނގަޅުއިރު، އެމެރިކާގެ ކިބައިން ޝުކުރުވެރިކަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

އެމެރިކާ ގެންގުޅޭ ހަންފެތުރުމުގެ ނުބައިކަމުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އެ މީހުންނަށް އުގުބާތް ދައްކާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާ އާއި ޗައިނާ އަދި އެއް އިގުތިސާދަކަށް ހާޖަތްޖެހިފައި ތިބިހާ ބަޔަކު ތިބީ އެއް ސަފެއްގައި ކަމަށް ވިދާޅުވި ޕޫޓިން ވިދާޅުވީ އިގްތިސާދީ ގޮތުން އެެމެރިކާ އަޑިއަޅާނެ ދުވަސް ވަރަށް އަވަހަށް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެމެރިކާއަށް ނުބަލައި ގައުމުތައް މިހާރު ދުއްވަނީ މެކުހަށް ޖަހައިގެން ކަމަށާއި ހަނގުރާމައަށް ވުރެ ކޮންމެ ބަޔަކަށް ވެސް އިގްތިސާދު މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން އިރާނަށް އެހީތެރިވުމަކީ އެމެރިކާ ބުނާ ގޮތުން އޮތް ބިރެކެވެ. ޕޫޓިން ވިދާޅުވި ރަޝިއާ އޮންނަނީ އީރާނާ އެކު ކަމަށާއި އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް އީރާނަށް އެހިތެރިވެދެއްވާނެ ކަމަށެވެ.