ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާ މަރުވެފައިވަނީ މިރޭ 7:40 ގައެވެ.
އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 185 އަށް އަރާފައެވެ.