ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 2،179 މީހަކު ކޮވިޑުން ފަސޭހަވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 53،392 މީހަކު އެ ބަލީން ފަސޭހަ ވެއްޖެ އެވެ. މިއަދު އެ ބަލިން ފަސޭހަވީ 2،179 މީހެކެވެ.

ކޮވިޑްގައި ދިވެހިން 14 މަސް ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 69،213 މީހަކަށް ވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނީ މިދިޔަ މަހު އެވެ.

މިއަދާ ހަމައަށް ބަލިން ފަސޭހަނުވެ ތިބީ 15،621 މީހެކެވެ. 146 މީހަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިދިޔަ ސައުވީސް ގަޑިއިރުތެރޭ ބަލި ޖެހުނީ 341 މީހަކަށެވެ. މިއީ މިދިޔަ 45 ދުވަސްތެރޭ އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވީ 191 މީހެކެވެ. އޭގެ ތެރެއިން 88 މީހަކު މަރުވީ މިދިޔަ މަހު އެވެ.