ކުއްލި ހާލަތުގައި ގުޅުމަށް އިމަޖެންސީ މެޑިކަލް ސާވިސް އުފައްދާ ހިދުމަތް ދޭން ފަށައިފި އެވެ.
ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ އިމަޖަންސީ މެޑިކަލް ސާވިސް އުފައްދާފައިވަނީ މިނިސްޓްރީ އޮފް ހެލްތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމުގައި ކަަމަށެވެ.
މި ވަގުތު އިމަޖަންސީ މެޑިކަލް ސާވިސް އިން ހިދުމަތް ދޭނީ ގުރޭޓާ މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ އެކްޓިވް ކޭސްތަކުގެ ތެރެއިން އިމަޖަންސީ ކޭސްތަކަށެވެ.
މިއަދު ތައާރަފް ކުރި އިމަޖަންސީ މެޑިކަލް ސާވިސްގެ ނަންބަރަކީ 100 އެވެ.
އެޗްއީއޯސީން ބުނީ މިހާރުން ފެށިގެން އެ ނަންބަރު ބޭނުން ކުރެވޭނެ ކަމަށާ ނަމަވެސް އިލްތިމާސް އަކީ އިމާޖަންސީ ހާލަތްތަކުގައި އެކަނި އެ ނަންބަރު ބޭނުން ކުރުން ކަމަށެވެ.