ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ރަޝިއާ ވެކްސިން ގަންނަން އަދިވެސް އެއްބަސްވުމެއް ނެތް

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް: ރަޝިއާ ވެކްސިން ގަންނަން އަދިވެސް އެއްބަސްވުމެއް ނެތް -- އަވަސް ފޮޓޯ
0%
0%
0%

ރަޝިޔާއިން ކޮވިޑް-19އާ ދެކޮޅަށް ތައްޔާރުކުރި ސްޕުޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަންނަން އޯޑަރު ދޭނެ ކަމަށް ސަރުކާރު ބުނިތާ ދޮޅު މަސް ދުވަސްވީއިރު ވެސް ވެކްސިން ގަތުމަށް މިހާތަނަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނުވާ ކަމަށް ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ސްޕުޓްނިކް ވީގެ 200،000 ޑޯޒް ގަންނަން ނިންމާފައިވާ ކަން އިއުލާންކުރެއްވިިއިރު ދެ ފަރާތުގެ މެދުގައި ވަރަށް އަވަހަށް އެއްބަސްވުން ގާއިމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ނަސީމު އެރޭ ވިދާޅުވި ގޮތުގައި އޭރު އޮތީ މަޝްވަރާގެ މަރުހަލާގަ އެވެ. އަދި ދެތިން ދުވަސްތެރޭ ވެކްސިނަށް އޯޑަރު ދޭނެ އެވެ.

މިނިސްޓަރު ވަނީ ރަޝިޔާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއްބަސްވުން ހަދާތާ މަސް ދުވަސް ތެރޭ ވެކްސިން ލިބޭނެ ކަމަށެވެ.

އެ ވެކްސިން ގަތުމުގެ އެންމެ ފަހުގެ މަސައްކަތާއި ގުޅޭގޮތުން މިއަދު ސުވާލު ކުރުމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ގަތުމަށް އެއްބަސްވުމެއް އަދި ނެތް ކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީއާއެކު ބައެއް މަޝްވަރާތައް ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ސްޕުޓްނިކް ވީ ބޭނުން ކުުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910