ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއީ ކޮވިޑްގެ އެންމެ ފަހު ސާޖެއް ނޫން: ޓެގް

ކޮވިޑްގެ ހާލަތު އަދިވެސް ގޯސްވުމުގެ ފުރުސަތު އޮތުމުން ފިޔަވަޅުތަކުގައި ހިފެހެއްޓުން ވަރަށް މުހިންމު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އިން ބުނެފި އެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިހާރު އައިސްފައިވާ ސާޖަކީ ކޮވިޑްގެ އެންމެ ފަހު ސާޖު ނޫން ކަމަށާ އަދިވެސް އިތުުރު ސާޖުތައް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. 

"އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ސާޖުތައް އައުން އެކަށީގެންވޭ. މިއީ އެންމެ ފަހުގެ ސާޖު ހެނެއް ހިޔެއް ނުވޭ. އެހެންވީމަ އަޅުގަނޑުމެން މި ބައްޔާއެކު ކުރިއަށް އޮތްތާވެސް އުޅެން ޖެހޭ،" ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިފެހެއްޓުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ގިނަ ބަޔަކު އެއްވާ ތަންތަނަށް ނުދިއުމާއި މާސްކު އެޅުމާއި އަތްދޮވުމާއި ސާފު ތާހިރުކަން އިސްކުރުން މުހިންމު ކަމަށެވެ.

އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނާއި އެކި ބަލިތަކަށް ދިގު މުއްދަތަށް ފަރުވާ ހޯދަމުންދާ މީހުންނަކީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ބަޔަކަށް ވާތީ އެމީހުންގެ ރައްކާތެރި ކަމަށް މުޅި އާއިލާއާ މުޖްތަމައު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

ޝަހީދު ވިދާޅުވީ ކޮވިޑްގެ އާ ވޭރިއަންޓްތައް އަދިވެސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާ އަދި ވެކްސިން ޖެހި ނަމަވެސް ކޮވިޑްގެ ވޭރިއަންޓަކަށް އަންނަ ބަދަލުތަކާއެކު ކޮވިޑުން ރައްކާތެރިވުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށެވެ.