ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަލުން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި

ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ.

އެޗްއީއޯސީ އިން މިއަދު ބުނީ މިއަދުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު 380 ސާމްޕަލް ނެގުމަށް މަސައްކަތް ކުރާނެ ކަަމަށެވެ.

ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު އިތުރުވެ ފްލޫ ކްލިނިކުން ނަގަން ޖެހޭ ސާމްޕަލްތައް އިތުރުވުމުންނެވެ. މިދިޔަ މެއި މަހަކީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ވަގުތެވެ. އެ މަހު އެކަނިވެސް 24،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެއެވެ. އަދި 88 މީހަކު މަރުވިއެވެ.

ކޮވިޑްގެ ހާލަަތު ވަރަށް ބޮޑަށް ގޯސްވެ ފިޔަވަޅުތައް ހަރުކަށި ކުރުމުން މިހާރު ވަނީ ނަންބަރު ދަށްވާން ފަށާފައެވެ.