ހަބަރު

އޭއައިބީ މާސްޓާސް ޕްރޮގްރާމްގެ އިންފޮމޭޝަން ސެޝަން ބާއްވައިފި

Nov 14, 2015

މެޕްސް ކޮލެޖާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް (އޭއައިބީ) ގުޅިގެން މެޕްސްކޮލެޖްގައި ހިންގާ ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.

މި ޝެޝަންތައް ބޭއްވީ މިދިއަ ބުރާސްފަތި ދުވަހު އެވެ. މި ސެޝަނުގައި އޭއައިބީ ސެންޓަ އެންޑް ސްޓޫޑެންޓް ސަޕޯޓް މެނޭޖަރު މރ. ބޮޔާން މެންޑިޗް ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ސެޝަންގައި، މެޕްސް ކޮލެޖުގައި ހިންގާ މާސްޓާސް ޕްރޮގްރާމްގައި ކިޔަވައި ދެއްވާ ބޭފުޅަކާއި އަދި މާސްޓާސް ޕްރޮގަރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކުވެސް ވާހަކަ ދެއްކެވިއެވެ.

މި ސެޝަންގައި 60 އަށްވުރެ ގިނަ ބޭފުޅުން ބައިބެރިވި އެވެ.