އުރީދޫ

އުރީދޫ ފަސޭހަ ހޯމް ބްރޯޑްބޭންޑަށް ޑޭޓާ ރޯލްއޯވާއާއެކު އާ ޕްލޭންތަކެއް

Jun 17, 2021
2

އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުން އެއްމަހު ބޭނުންކޮށްފަ ބާކީ ހުންނަ ޑޭޓާ އަނެއް މަހަަށް ގެންދެވޭ "ޑޭޓާ ރޯލްއޯވާ" ގެ ހިދުމަތާއެކު އާ ޕްލޭން ތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އަލަށް ގެނެސްދިން މި ހިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ތައާރަފް ކުރެވިފައި ވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރު ވެފައިވާތީ ކަސްޓަމަރުންނަށް އިތުރު ލުއިގޮތްތައް ހޯދައިދޭން ކަމަށެވެ.

އެ ކުންފުނިން މިގެނައި ބަދަލާއެކު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ހިދުމަތްލިބިގެން ދާނެ އެވެ. ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސް އަނެއް މަހަށް ގެންދެވޭނެ އެވެ.

މި ހިދުމަތާ ބެހޭ ގޮތުން، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު ބަދަލުތަކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ކަމަށެވެ.

އުރީދޫގެ މި ޕްލޭންތައް ނަންގަވާ ފަރާތްތަކަށް ހާއްސަ އޮފާއެއްގެ ދަށުން 20 ޕަސެންޓް އިތުރު ބޯނަސް ޑޭޓާ ވެސް ލިބިގެންދާނެ އެވެ.

އުރީދޫގެ އާ ޕްލޭންތައް

  • ފަސޭހަ އެޗްބީބީ 60ޖީބީ ( އަގު، 799ރ، މަހު އެލަވަންސް، 60ރ. ބޯނާސް ޑޭޓާ، 12ރ. ގަޑިއަކަށް ލިބޭ ޑޭޓާ، 72)
  • ސޭހަ އެޗްބީބީ 500ޖީބީ ( އަގު، 3549ރ. މަހު އެލަވަންސް، 500ރ. ބޯނާސް ޑޭޓާ، 100ރ. ގަޑިއަކަށް ލިބޭ ޑޭޓާ، 600)

މި ހިދުމަތާއެކު، ޕްރިޕެއިޑް ކަސްޓަމަރުން މި ހިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހު ވެސް ބޭނުންކުރެވޭނެ އެވެ. ޑޭޓާ ރޯލްއޯވާގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސްއާއެކު އާ ދެ ޕްލޭން ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.