އުރީދޫ

މިޔުޒިކް ސްޓްރީމްކުރަން އުރީދޫން ޑޭޓާ ޕެކްތަކެއް

Jan 10, 2023

މިޔުޒިކް ސްޓްރީމްކުރަން އުރީދޫއިން ޑޭޓާ ޕެކްތަކެއް ތައާރަފުކޮށްފި އެވެ.

"އުރީދޫ ބީޓްސް"ގެ ނަމުގައި ތައާރަފުކުރި ޕެކްތަކުން 100ޖީބީ ޑޭޓާ ލިބެ އެވެ. އުރީދޫއިން ވަނީ ދެ ޕެކެއް ތައާރަފުކޮށްފަ އެވެ.

އެގޮތުން 250ރ. އަށް 15 ދުވަހުގެ ޕެކްއަކާއި 350ރ. އަށް 30 ދުވަހުގެ ޕެކްއެއް ވަނީ ތައާރަަފުކޮށްފަ އެވެ.

އުރީދޫއިން ބުނި ގޮތުގައި އެ ޕެކްތަކުން އެޕަލް މިޔުޒިކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައިން މިޔުޒިކް ސްޓްރީމް ކުރެވޭނެ އެވެ.

އުރީދޫއިން ވަނީ އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް މުޅި އަހަރަށް ޑޭޓާ ލިބޭ "އަހަރީ" ޕްލޭނެއް މިއަހަރު ތައާރަފުކޮށްފަ އެވެ.

އެ ޕްލޭނަކީ 3000 ރުފިޔާ އަށް އެއް ޖީބީ ޑެއިލީ ޑޭޓާ، ޖުމްލަ 365 ޖީބީ ޑޭޓާ ލިބޭ ޕްލޭނެކެވެ.