އުރީދޫ

ރާއްޖޭގެ 60 ޕަސެންޓަށް އުރީދޫ 5ޖީ ލިބޭ

ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ މަގުމަތިން ފެންނަމުންދާ "ލިބޭ" ޕޯސްޓަރުތަކަށެވެ. މިއީ އުރީދޫ މޯލްޑިވްސްގެ ޕޯސްޓަރެކެވެ.

މި ޕޯސްޓަރުތަކާއެކު އުރީދޫއިން މިއަދު ސޯޝަލް މީޑިއާގައި ދޫކޮށްލި ވީޑިއޯގައި ވަނީ ރާއްޖޭގެ 60 ޕަސެންޓަށް އުރީދޫ 5ޖީ ލިބޭކަން ހާމަކޮށްފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އުރީދޫ 5ޖީ ރާއްޖޭގެ 60 އިންސައްތައަށް ލިބޭއިރު މި މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެ ކަމަށް އުރީދޫން މީގެ ކުރިން ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ދަނީ ރާއްޖޭގެ އާބާދީ ބޮޑެތި ބައެއް ރަށްރަށަށް 5ޖީގެ ހިދުމަތް ދެމުންނެވެ.

އުރީދޫ 5ޖީ ފުޅާކުރި ރަށްތައް:

  • ހއ. ދިއްދޫ
  • ހއ. އިހަވަންދޫ
  • ހދ. ކުޅުދުއްފުށި
  • ނ. ވެލިދޫ
  • ރ. ދުވާފަރު
  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • ޅ. ހިންނަވަރު
  • ޅ. ނައިފަރު
  • ކ. ގުރައިދޫ
  • ކ. މާފުށި
  • އއ. ތޮއްޑޫ
  • އއ. ރަސްދޫ
  • އދ. މާމިގިލި
  • އދ. މަހިބަދޫ
  • އދ. ދަނގެތި
  • ދ. ކުޑަހުވަދޫ
  • ގއ. ވިލިނގިލި
  • ގދ. ތިނަދޫ
  • ސ. ހިތަދޫ

އުރީދޫ މޯލްޑިވްސް އިން ދަނީ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް -- ޕީސް ކޭބަލް މެދުވެރިކޮށް ހިދުމަތް ދެމުންނެވެ. ސިންގަޕޫރާއި ޔޫރަޕްގެ އިތުރުން އެފްރިކާ އާއި ރާއްޖެ ގުޅާލެވޭ މި ސަބްމެރިން ކޭބަލް ކުޅުދުއްފުށި ސިޓީގެ އުރީދޫގެ ލޭންޑިން ސައިޓާ ގުޅާލީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

މި ކޭބަލްއާއި އެކު 5ޖީގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފައިވެ އެވެ.