ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިއްޔެ ވެކްސިން ޖެހީ 789 މީހުން

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ޖަހަމުން ދާއިރު، އިއްޔެ ވެކްސިން ޖެހީ 789 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 148 މީހުނެވެ. އެއީ މާލެ ސަހަރައްދުން 70 މީހުނާއި އަތޮޅުތެރެއިން 78 މީހުނެވެ.

އިއްޔެ ރާއްޖެއިން ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށްފައި ވަނީ 641 މީހުނެވެ. އެއީ މާލެ ސަރަހައްދުން 301 މީހުނާއި އަތޮޅުތެރެއިން 340 މީހުނެވެ.

މި އަދަދުތަކާ އެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 314،903 އަށް އަރާފަ އެވެ. އަދި ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 181،759 އަށް އަރާފަ އެވެ.

ރާއްޖޭގައި ހަތަރު ވައްތަރެއްގެ ވެކްސިން ޖެހުމަށް ވަނީ ހުއްދަ ދީފަ އެވެ. އެއީ ކޮވިޝީލްޑް އާއި ސައިނަފޯމް އާއި ފައިޒާ އަދި ސުޕަނިކްސް އެވެ. ނަމަވެސް އަދި ރާއްޖޭގައި ޖަހަމުން ގެންދަނީ ކޮވިޝީލްޑް އާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ.