މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އިކޮނޮމިކް މިނިސްޓްރީން 20 ވަޒީފާއެއް

އިކޮނޮމިކް މިނިްސްޓްރީން ވަޒީފާގެ ފުރުސަތުތަކެއް އިއުލާން ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރުގެ މަގާމަށް 20 ފަރާތެއް ހޯދާށެވެ.

އެ މިނިސްޓްރީއިން ބުނި ގޮތުގައި އެ ވަޒީފާ ތަކަކީ އެ މިނިސްޓްރީގެ އިންސްޕެކްޓްރޭޓް ސެކްޝަނުގެ ވަޒީފާ ތަކެކެވެ. އަދި އެ މަގާމަށް މީހުން ހޯދަނީ އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ އިންްސްޕެކްޝަންގެ ބޭނުމަށެވެ.

މި ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ ކޮންޓްރެކްޓް މުއްދަތަކީ އެއް އަހަރު ދުވަހެވެ. ނަމަވެސް ކޮންޓްރެކްޓް މުއްދަތ އިތުރު ކުރުމުގެ ފުރުސަތު ދޭނެ އެވެ.

މި ވަަޒީފާގެ އަސާސީ މުސާރައަކީ 5500 ރުފިޔާ އެވެ. އަދި ސާވިސް އެލަވެންސެއްގެ ގޮތުގައި 3500 ރުފިޔާ ލިބޭނެ އެވެ. ކުރިމަތިލުމުގެ ސުންްގަޑިއަކީ ސެޕްޓެމްބަރު ފަސް ވަނަ ދުވަހެވެ.