އެޑްވަޓޯރިއަލް

މުވާސަލާތީ ހިދުމަތްދޭ ހުރިހާ އޮޕަރޭޓަރުން އެއް ޓަވަރެއް ބޭނުންކުރުން މުހިއްމު: އެޗްޑީސީ

Aug 31, 2021

ރާއްޖެއަކީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ގައުމަކަށް ވާތީ، ކޮންމެ ކަހަލަ ބޭނުމެއްގައި ވިޔަސް ވިއުގައެއް ބިނާކުރުމަކީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިނުލާ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް މުވާސަލާތީ ބޭނުންތަކަށް ވިއުގައެއް ބިނާކުރުމުގައި ގޮންޖެހުންތަށް އިންތިހާއަށް ބޮޑެވެ. އެއީ ކޭބަލްގެ ޒަރީއާއިން، ނުވަތަ މައިކޮރޯވޭވް ވިއަސްމެއެވެ. ޓެލެކޮމް ވިއުގައެއް ބިނާކުރުމުގައި ބޭނުންކުރެވޭ ދެގޮތުގެ ތެރޭގައި ހިމެނޭ މައިކޮރޯވޭވް ޑިޖިޓަލް ރޭޑިއޯ އަކީ ރާއްޖޭގައި އެންމެ ގިނައިން މިފަދަ ވިއުގަ ބިނާކުރެވޭ ގޮތެވެ. މިގޮތް ބޭނުންކުރަނީ އާންމުގޮތެއްގައި އެއްރަށާއި އަނެއްރަށް ގުޅާލުމަށެވެ. ސަބަބަކީ ކޭބަލުން ރަށްތައް ގުޅާލުމަކީ ވަރަށްވެސް އަގުބޮޑު އަދި ބެލެހެއްޓުމުގެ ހަރަދާއެކު ބިޔަ ބޮޑު އިންވެސްޓްމަންޓަކަށް ވެގެންދާނެތީއެވެ.

މިގޮތަށް ކޭބަލްއާއި ނުލާ ރަށްތައް ގުޅާލުމަށްޓަކައި އުސް ކޮމިއުނިކޭޝަން ޓަވަރުތަކެއް ގާއިމް ކުރަން ޖެހެއެވެ. އެއީ ވަކިވަކި ރަށްތައް ގުޅާލުމަށްޓަކައެވެ. އެއްފަސް ރަށްތަކެއް ކަމުގައިވަނީނަމަ، ކޭބަލްއިން ގުޅާލުމަކީ ފަސޭހައިންކުރެވެން އޮއްނަކަމެކެވެ. އެގޮތުން އައްޑު އަތޮޅުގެ ގިނަ ރަށްތަކެއް ގުޅައިލެވިދާނެއެވެ. ހަމަ އެހެންމެ، ލާމުގެ ގިނަ ރަށްތައްވެސް މިގޮތަށް ގުޅައިލެވިދާނެއެވެ. މާލެސިޓީ މިވަގުތުދަނީ މިދެންނެވިގޮތަށް ކޭބަލުން ގުޅާލެވެމުންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިދެންނެވި ޓަވަރުތަށް ފެންނަން ހުންނާއެވެ. ބައެއް ރަށްރަށުގައި ދެޓަވަރު، ނުވަތަ ތިން ޓަވަރުވެސް ޖަހާފައި އެބަހުށްޓެވެ. މޮބައިލް ސިގްނަލް މުޅި ސަރަހައްދަށް ފޯރުކޮށްދިނުމަށްޓަކައި ޓަވަރުތައް ބޭނުންވެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރާއްޖެފަދަ ފަސްގަނޑު ކުޑަ ރަށްތަކުގައި މިފަދަ ގިނަ އަދަދެއްގެ ޓަވަރުތައް ނުޖަހާވެސް ފަރުޖެއްސިދާނެއެވެ. ކޮންމެ އޮޕަރޭޓަރަކަށް ވަކިޓަވަރެއް ހުރުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫނެވެ. އެއްޓަވަރުން ހުރިހާ އޮޕަރޭޓަރުންނަށްވެސް ބޭނުން ކުރެވިދާނެއެވެ. މިގޮތަށް މިހާރުވެސް ބައެއް ރިސޯޓްތަކަށް ހިދުމަތް ފޯރުކޮށްދެއެވެ. އެއީ އެރިސޯޓް އޮޕަރޭޓްކުރާ ފަރާތުން އެއްޓަވަރައްވުރެން ގިނައިން ނުޖެހުމަށް ބާރުއެޅުމުންނެވެ.

މިއީ ކުރެވިދާނެ ކަމެއްކަން މިއަދު ހުޅުމާލޭގެ ފޭސް ދޭއްގައި އެޗްޑީސީ އިން ގާއިމްކޮށްފައިވާ ކޮމިނިކޭޝަން ޓަވަރުތަކަށް ބަލާލުމުން އެނގިގެންދެއެވެ. އާބަން ޕުލޭނިންގެ ދަށުން އެޗްޑީސީ އިން ދަނީ ޓެލެކޮމް މުޅިއިންފްރާސްޓަރްކްޗާ ގާއިމް ކުރަމުންނެވެ. މިއީ ރާއްޖެގައި ފުރަތަމަ ފަހަރަށް، އޮޕަރޭޓަރުން ފިޔަވައި އެހެން ފަރާތަކުން މިފަދަ ބޮޑު އިންވެސްމަންޓެއް ކުރެވުނު ފަހަރެވެ. މީގެ ސަބަބުން އޮޕަރޭޓަރުންނަށް ނުހަނު ގިނަ ލުއިފަސޭހަތަކެށް ލިބިގެންދާނެކަމީ މިއަދު އޮޕަރޭޓަރުންވެސް ގަބޫލު ކުރާކެމެވެ. ހާއްސަކޮށް ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަމުގައެވެ.

އެޗްޑީސީ އިން މުޅި ޓެލެކޮމް އިންފްރާ ބިނާކުރަމުން ދަނީ މަލްޓި އޮޕަރޭޓާ ނުވަތަ އެއްފަހަރާ ގިނަ އަދަދެއްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަށް ބޭނުންވިއަސް، އެއްވިއުގަ މެދުވެރިކޮށް ރައްޔިތުންނަށް އެހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް މުޅި ނެޓްވޯކް ޑިޒައިން ކޮށްގެނެނެވެ. އަދިވަކިން ހާއްސަކޮށް، މި މަޝްރޫއުތަކަކީ އޮފަރޭޓަރުންނަށްވެސް މާލީގޮތުން މަންފާ ކުޑަ ނުވާނެ ގޮތަށް ބެލުމަށްފަހު، އޮޕަރޭޓަރާއި، ކޮމިނިކޭޝަން އޮތޯރިޓީ އާއި އަދި ދާއިރާގެ މިނިސްޓްރީތަކާއި ގުޅިން ކުރިއަށް ގެންދެވޭ މަސައްކަތްތަކެކެވެ.