AVAS PHOTO ESSAY

ދަރުބާރުގެ ވެއްޓެނީ، ސަރުކާރަކަށް ނުފެނޭ!

އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް

މިނިސްޓަރު އުމަރު ޒާހިރު ކެބިނެޓްގައި ހުންނެވި ދުވަސް ރާއްޖޭގައި / މާލޭގައި އެންމެ ފުރިހަމައަށް ފަރުވާތެރި ކަމާއެކު ބަލަހައްޓަމުން އައި އެއް ތަނަކީ މާލޭގެ ދަރުބާރުގެ އެވެ. އަބަދުވެސް ބިޒީކޮށް ބޭނުން ކުރަމުން އާބާތުރަ ފިލުވައި މަރާމާތު ކުރަމުން ފުރިހަމަކަން ނުގެއްލޭ ގޮތަށް ބަލަހައްޓަމުން ގެންދިޔަ އެންމެ ފުރިހަމަ އެއް ބިނާއަކީ ވެސް ދަރުބާރުގެ އެވެ. އެކަމަކު މިހާރު ވެސް ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، ކޮވިޑްގެ ކަންކަމުގައި ބިޒީވެފައިވާ އޮތް ދަރުބާރުގެ ވަނީ ވީރާނާވެ ބޯމައްޗަށް ވެއްޓެން ކައިރިވެފަ އެވެ. އެކަމަކު ދިވެހި ސަރުކާރަކަށް އެކަމެއް ނޭނގެ އެވެ.

މާލޭގެ ދަރުބާރުގެއަކީ އެއް ދުވަސްވަރެއްގައި ރާއްޖޭގައި ހުރި އެންމެ ރީތި އެންމެ ފުރިހަމަ ބިނާ އެވެ. ދަރުބާރުގެއަކީ 1990 ވަނަ އަހަރު ބިނާ ކުރި އިމާރާތެކެވެ. އެއީ އެ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ބިނާ ކުރި ތަނެކެވެ. ނަމަވެސް ދަރުބާރުގެ ފަހުން ހުރީ އެ އަހަރު ބިނާ ކުރެވުނު ގޮތަކަށް ނޫނެވެ. ސާކު ސަމިޓަށްޓަކައި ދަރުބާރު އޭރު ބިނާ ކުރީ މިހާރު އެ ފެންނަން ހުރި މިންވަރަށް ވުރެ މާ ކުޑަ ކޮށެވެ. ސާކު ސަމިޓް ބޭއްވިއިރު ދަރުބާރުގޭގައި ހުރީ ސަމިޓަށް ހާއްސަ މާލަމާއި ފަރިއްކޮޅަށް ހާއްސަ މާލަމަކާއި އިއްޒަތްތެރިންނަށް މަރުހަބާ ކިޔަން ހާއްސަ މާލަމެވެ. ސާކް ސަމިޓަށް ފަހު ދަރުބާރުގެއަކީ ރާއްޖެއަށް ވަރަށް މުހިންމު އަދި ބޭނުންތެރި ތަނަކަށް ވެގެން އެތައް ފަހަރެއްގެ މަތިން ދަރުބާރުގެ ވަނީ ބޮޑުކޮށްފަ އެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ހުއްޓާ ނުލާ ދަރުބާރުގެ ދަނީ ބިޒީކޮށް ބޭނުން ކުރަމުންނެވެ.

ދަރުބާރުގެއަކީ ދިވެހި ރައްޔިތުންގެ ސައްތައިން ސައްތަ ހަރަދުގައި ބިނާކުރި އިމާރާތެކެވެ. ދެ ފަހަރު ތިން ފަހަރު މަތިން އެ އިމާރާތް ބޮޑުކޮށް ޒީނަތްތެރި ކުރީ ދިވެހި ރައްޔިތުންގެ ފައިސާއިންނެވެ. ބޭރުގެ އެއްވެސް އެހީއެއް ނެތިއެވެ. އެއީވެސް ދަރުބާރުގެ ހާއްސަވާ ސަބަބެކެވެ.

ދަރުބާރުގެ ބިނާކުރި ފަހުން ދައުލަތުން ބޭއްވި މުހިންމު ކޮންްމެ ޖަލްސާއެއް އިވެންޓެއް ބާއްވާފައި ވަނީ ދަރުބާރުގޭގަ އެވެ. އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ އެތައް ހަފްލާއެއް ބާއްވާފައިވަނީ ވެސް އެތާނގައެވެ. ގައުމީ ފެންވަރުގެ ފެއާތަކާއި އެކްސްޕޯތައް މިއަދާ ހަމައަށް ވެސް އެންމެ ގިނައިން ބޭއްވި ބިނާއަކަށް ވާނީ ދަރުބާރުގެ އެވެ. އެ ނޫންތަނެއް މާލެއަކު ނުވެސް ނެތެވެ. ހުރިހާވެސް ތަނަކީ ދަރުބާރުގެ އެވެ.

އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް

މިހާރު ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަސައްކަތުގެ މައި ސެންޓަރަކީ ދަރުބާރުގެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އުފައްދާފައިވާ ނެޝަނަލް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ މައިގަނޑު މަސައްކަތްތައް ހިނގަނީ އެތާނގައެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހު 24 ގަޑިއިރު ދަރުބާރުގޭގައި ކޮވިޑް މެނޭޖް ކުރުމުގެ މައިގަނޑު މަސައްކަތް ހިންގީ ދަރުބާރުގޭގަ އެވެ.

މީގެ އިތުރުން 1990 ގެ ފަހުން މާލޭގައި ކުރެވުނު ވަރަށް ގިނަ ކައިވެނިތަކުގެ ހަފްލާވެސް ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ. ވަރަށް ގިނަ ބައެއްގެ ކައިވެނީގެ އުފާވެރި ހަފްލާތައް އޮތީ އެތަނުގަ އެވެ.

އެކަމަކު މިހާރު ދަރުބާރުގެ ހުރި ހާލަތާމެދު ވިސްނާލުމުން ލަދުގަންނަހާވެ އެވެ. ދަރުބާރުގެ ފެންނަނީ އަޅާނުލެވި ދޫކޮށްލެވިފައިވާ ތަނެއްގެ ގޮތުގައެވެ. ކޮންމެ ދުވަހަކު ދައުލަތުގެ އެކި ލެވެލްގެ އިސް ބޭފުޅުން އެތަނަށް ވަދެ ނިކުމެ ހެދި ނަމަވެސް ދަރުބާރުގެ ހާލަތު ހުރި ގޮތް ނުފެންނަ ފަދަ އެވެ.

އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް
އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް
އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް
އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް

ދަރުބާރުގޭގެ ބޭރުން ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ އެ އިމާރާތް ވީރާނާ ވަމުންދާ މަންޒަރެވެ. ލަދު ގަންނަ މިންވަރަށް ހަލާކުވެފައިވާ މަންޒަރެވެ. ޒިންމާވާނެ އެއްވެސް އިދާރާއެއް ނެެތް ފަދައެވެ. އަދި މި ވީރާނާ މަންޒަރު ފެންނަ ލޮލެއް، ވެރިއެއް، ދައުލަތުގެ އިދާރާއެއް ވެސް ނެތެވެ.

އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް
އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް

މަތީގައިވާ ކޮންމެ ފޮޓޯއަކަށް ބަލާލުމުންވެސް ފެންނަނީ އެ މަންޒަރެވެ. ދަރުބާރުގެއަކީ ދިވެހިންގެ ކިތަންމެ ބޮޑު ފަަހުރަކަށްވިޔަސް އަދި އެއީ އެތައް ހަފްލާއަކާއި ޖަލްސާތަކަށް ފުރިހަމަކަން ގެނެސްދިން ބިނާއެއް ނަމަވެސް އަދި އެއީ އެތައް ސަތޭކަ ދެމަފިރިއެއްގެ ހަޔާތުގެ އެންމެ އުފާވެރި ހަނދާންތަކާއި ގުޅިފައިވާ އިމާރާތެއް ނަމަވެސް މިއަދު އެ ބިނާއަށް ދެވުނު އިހުތިރާމެއް ގަދަރެއް ނެތެވެ.

އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް
އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް
އަޅައިލުމާއި ބެލެހެއްޓުން ކުޑަވުމުގެ ސަބަބުން ކުއްލި ގޮތަކަށް ދަރުބާރުގެ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި -- އަހުމަދު އަޝްހާދު | އަވަސް

އެންމެ ހައިރާންވާން ޖެހޭ ކަމަކީ މިއަދުވެސް އެވަރުގެ ބޮޑު ގައުމީ މަސައްކަތެއް ދަރުބާރުގޭގައި ކުރިއަށްދާއިރު މިއިން މަންޒަރެއް ދައުލަތުގެ އިސްވެރިއަކަށް ނުފެންނާތީ އެވެ. ޔަގީނުންވެސް މި މަންޒަރުތަކަށް ބަލާލުމުން ފެންނަނީ އިހުމާލުގެ އިންތިހާ އެވެ. އެހެން ނޫންނަމަ މިވަރަށް ތަނެއް ހަލާކުވެ ދާން ދޫކޮށް ނުލީހެވެ. ދަރުބާރުގެ ވަށައިގެން ފަހަރަކު ބައެއް ފަހަރަކު ބައެއް ވެއްޓެމުންދާ މަންޒަރު ފެންނާކަށް ނެތީހެވެ.