ނޮޅިވަރަންފަރު

ނޮޅިވަރަމާއި ނޮޅިވަރަންފަރުގެ މައްސަލަ މަޖިލީހަށް

ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ. އޭނާގެ އެ މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަކަމަށް 32 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ ނޮޅިވަރަމްގެ ހާލަތު މިހާރު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި އެރަށުން މިހާތަނަށް 202 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެރަށުގެ ސިއްހީ މަރުކަޒުގައި އެމްބިއުލެންސްއެއް ވެސް ނެތް ކަމަށާއި އެހެންވެ ބަލި މީހުން އުފަލުން މިހާރު ބޭނުން ކުރަނީ ޕިކަޕެއް ކަމަށެވެ.

"މިކަމަކީ ބަލިމީހުންނަށް އެންމެ ރައްކާތެރި ކަމަކަށް ނުވާއިރު މިކަމަށް ހައްލެއް ހޯދަން ވަނީ އިންތިހާއަށް ބޭނުންވެފައެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ރައްކާތެރިވާނެފަދަ ވެހިކަލެއް ވީހާވެސް އަވަހަށް ސިއްހީ މަރުކަޒަށް ހޯދައިދިނުމަކީ އަދުގެ މަޝްރޫއުގެ ގޯސްވެފައިވާ ހިސާބުން ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެކެވެ." ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ނަޝީދު މިއަދު ވިދާޅުވި އެވެ.