ދުނިޔެ

ވާދަވެރިކަމާހެދި ތަޅާފޮޅާކަށް ޝީ ބޭނުމެއް ނުވޭ: ބައިޑަން

ދުނިޔެއަށް ހީވެފައި އޮންނަނީ އެމެރިކާއާ ޗައިނާއަކީ ދުޝްމަނުން ކަމަށެވެ. ސިޔާސީ މަޝްރަހުގައި މިގޮތަށް ހިނގާ ގިނަ ކަންތައްތަކުގެ ހަގީގަތް ގިނަފަހަރު އޮންނަނީ ފޮރުވިފަ އެވެ. ހަގީގަތަކީ ޗައިނާއާ އެމެރިކާއަކީ ވަރަށް ބޮޑަށް ޚިޔާލު ތަފާތު އަދި ހުރިހާ ކަމެއްގައި ވެސް ވާދަވެރިން އިންތިހާއަށް ބޮޑު ދެ ގައުމު ކަމެވެ.

ޗައިނާއާ އެމެރިކާގެ ހާލަތު މިބުނި ގޮތަށް އޮތް ނަމަވެސް ދެ ގައުމުގެ ވެރިން ދޭތެރެ ދޭތެރިން ގުޅުއްވައި މަޝްވަރާ ކުރައްވަ އެވެ. ބަހުން ހަމަލާ ބަދަލު ކުރައްވަން ނަމަވެސް ހާލު ބައްލަވާލަން ނަމަވެސް ފޯނު ކުރައްވައި ދުނިޔެއަށް މެސެޖު ކުރައްވަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ހުންނެވީ އެއްވެސް ކަމެއްގައި އުފެދޭ ވާދަވެރި ކަމެއްގެ ސަބަބުން ތަޅާފޮޅާ ގޮތަކަށް ނޫނެވެ. އެކަމަކު އިގުތިސޯދާއި ތަރައްގީއާ ގުޅިގައި ހުރި ކަންކަމުގައި ދޫދެއްވާ ގޮތަކަށް ވެސް ނުމެ ނޫނެވެ.

ދެ ރައީސުން މިދާކަށް ދުވަހު ފޯނުން ވާހަކަ ދައްކަވައި ދުނިޔޭގައި އެމެރިކާއާ ޗައިނާއަށް އޮތް ހައިސިއްޔަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ. އަދި މަސްއޫލިއްޔަތުތައް އޮންނަން ވާނެ ކަމަށް ދެ ބޭފުޅުންނަށް ވެސް ގަބޫލު ކުރެއްވުނެވެ.

ޝީ އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެ އެވެ. ޗައިނާއިން މަސައްކަތް ކުރަނީ ސުލްހަވެރިން ހައްލެއް ހޯދަން ކަމާއި އެމެރިކާގެ ވިންސުން އަބަދު ވެސް އޮންނަނީ ބިރު ދައްކައިގެން މައިތިރި ކުރުމަށް ކަމެވެ.

ބައިޑަން ވިދާޅުވީ މަޝްރަހު ބިނާ ކުރުމުގައި ޗައިނާއިން ޒިންމާދާރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝީއަށް ދެންނެވި ކަމަށެވެ. ޝީ ވިދާޅުވި ކަމަށް ވަނީ އެމެރިކާއާ ނުބެހޭ ކަންތައްތައް ވެސް ހިނގާނެ ކަމަށާއި އެ ތަފާތު އެމެރިކާ ދަސް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޝީ ވިދާޅުވީ ސުލްހަވެރި މާނާގައި އެމެރިކާ ކުރާ ކޮންމެ ކަމެއްގައި ބައިވެރިވާނެ ކަމަށާއި ޗައިނާ އޮތީ ބޭނުންޖެހިފައި ތިބިހާ ބަޔަކަށް އެހީތެރި ވެދޭ ގޮތަށް ކަމަށެވެ.