LIVE UPDATES

މަގުމައްޗަށް ނުކުނަން އުޅުމުން މުޒާހަރާ ރޫޅާލައިފި

Updated:
25
  • ތިން ޑިމާންޑެއް ސަރުކާރަށް ހުށަހެޅި
  • މުޒާހަރާ ކުރިއަށް ދިޔައީ ހީކުރި ވަރަށް ވުރެ މަދުބައެއް
  • މުޒާހަރާގެ ބައިވެރިން ވަނީ ވިއްސިވިހާލިވެފައި

"މިންޖުވާން" ނަމުގުގައި އެމްޑީޕީން މިއަދު ކުރަން ނިންމާފައިވާ ބޮޑު މުޒާހަރާއަށް އާޓިފިޝަލްޗު މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ. މިއަދުގެ މުޒާހަރާގައި އާޓިފިޝަލް ބީޗްގައި ތިބެގެން މިރޭ 12:00 ޖެހުމާ ހަމައަށް ކުރުމަށާއި މުޒާހަރާ ކުރުމަށް މަގުމައްޗަށ ނުނުކުތުމަށް އިންޒާރުކޮށް ފުލުހުން ވެސް ވަނީ މުޒާހަރާއަށް ތައްޔާރުވެފައެވެ. އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދާއި އެ ސަރަހައްދާ ގުޅިފައިވާ ހިސާބުތަކުގައި ފުލުހުން ވަނީ ރެއިން ފެށިގެން ސަލާމަތީ ފިޔަވަޅުތައް ވެސް އަޅާފައެވެ. މިއަދުގެ މުޒާހަރާ އެމްޑީޕީން ފަށާނެ ކަމަށް އިއުލާންކޮށްފައިވާ ގަޑިއަކީ ހަވީރު 4:00 ޖަހާއިރެވެ.