LIVE UPDATES

ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާނީ ހަވީރު

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ބައެއް ވޯޓްފޮށިތައް ގުނަން ފަށައިފި އެވެ.

މި އިންތިހާބު ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 7:00 އިން ހަވީރު 5:00 ހަމައަށެވެ. ނަމަވެސް ކޮވިޑް 19 އަށް ޕޮޒިޓިވް މީހުންނަށް ހަވީރު 5:00 އިން ފެށިގެން އެއްގަޑިއިރަށް ވޯޓުލުމަށް ހުޅުވާލި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިސޯޓްތަކާއި ސިނާއީ މަަސައްކަތް ހިނގާ ބައެއް ރަށްރަށުގައިވެސް ވޯޓް ފޮށި ވަނީ ބަހައްޓާފަ އެވެ.
ރާއްޖެއިން ބޭރުގައި އިންޑިއާ އާއި ލަންކާގައި ވެސް ވޯޓް ފޮށި ބަހައްޓާފައިވެ އެވެ. އަދި ވޯޓްލާން އެއް ރަށުން އަނެއް ރަށަށް ދިއުމަށްވެސް އެޗްޕީއޭ އިން ހުއްދަ ދީފައިވެ އެވެ. ނަމަވެސް ވޯޓްލާން ދަތުރުކުރާ މީހުން 48 ގަޑިއިރުގެ ފަހުން އެނބުރި އައި ރަށަށް ދާން ޖެހެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން

  • އެމްޑީޕީ - 826 ކެންޑިޑޭޓުން
  • ޕީޕީއެމް - 647 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ - 115 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ - 28 ކެންޑިޑޭޓުން
  • އެމްޑީއޭ - 20 ކެންޑިޑޭޓުން
  • އެމްއާރްއެމް - 15 ކެންޑިޑޭޓުން
  • އެމްއެލްއެސްޑީޕީ - 4 ކެންޑިޑޭޓުން
  • ޑީއާރުޕީ - 1 ކެންޑިޑޭޓް
  • އަމިއްލަ ގޮތުން - 609 ކެންޑިޑޭޓުން

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު

  • އެމްޑީޕީ - 650 ކެންޑިޑޭޓުން
  • ޕީޕީއެމް - 499 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ - 46 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ - 25 ކެންޑިޑޭޓުން
  • އެމްޑީއޭ - 19 ކެންޑިޑޭޓުން
  • އެމްއާރްއެމް - 4 ކެންޑިޑޭޓުން
  • އަމިއްލަ ގޮތުން - 427 ކެންޑިޑޭޓުން