ހަބަރު

ނަވާޒުގެ ޓްވިޓާ އާއި ފޭސްބުކް އެކައުންޓް ހެކްކޮށްފި

Nov 27, 2015
1

އެސިސްޓަން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ޓްވިޓާ އެކައުންޓާއި ފޭސްބުކް އެކައުންޓް ހެކްކޮށްފި އެވެ.

ފުލުހުންގެ ސްޕޯކްސް ޕާސަންގެ މަގާމުގެ ވެސް ފުރުއްވަމުން ގެންދަވާ ނަވާޒު މިރޭ ވިދާޅުވީ އޭނާގެ ޓްވިޓާ އެކައުންޓާއި ފޭސްބުކް އެކައުންޓް މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހެކްކޮށްފައިވާ ކަމަށާއި އެ ދުވަހުން ފެށިގެން އެ މައްސަލަ ފުލުހަށް ރަސްމީކޮށް ހުށަހެޅުމުން އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ނަވާޒުގެ އެކައުންޓް ހެކް ކުރުމަށްފަހު ކޮށްފައި ޓްވީޓް، މި މެސެޖް ފޭސްބުކް ޕޭޖްގައި ވެސް ޕޯސްޓްކޮށްފައިވޭ

ނަވާޒުގެ ދެ އެ ކައުންޓް ހެކްކޮށްފައިވާއިރު މިރޭ ވަނީ އޭނާގެ ޓްވިޓާ އެކައުންޓާއި ފޭސްބުކް އެކުންޓުން ހެކްކޮށްފައިވާ ފަރާތުން އަޕްޑޭޓްކޮށްފަ އެވެ. އެގޮތުން ޓްވިޓާގައި މީގެ އިރިކޮޅެއް ކުރިން ބުނެފައި ވަނީ "ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް މޯލްޑިވްސް ޕޮލިސް ސާވިސް ކިޔަމަން ނުވުމަށާއި އެއްވެސް ދިވެއްސަކަށް އަނިޔާ ނުކުރުމަށާއި ގާނޫނާއި ގަވައިދުތައް ނެގެހެއްޓުން މަތީގައި ދެމި ތިބުމަ" ށެވެ. ހަމަ މިސެޖް ނަވާޒުގެ ފޭސްބުކް ޕާޖްގައި ވެސް ޕޯސްޓްކޮށްފައި ވެއެވެ.