LIVE UPDATES

އައިފޯން ހަފުލާ: އައިފޯން 13 ހަނަފަސް ސަހަރާގައި

Updated:
އެޕަލް އައިފޯން ހަފުލާ -- ކެލިފޯނިއާ ސްޓްރީމިންގެ ނަމުގައި
0%
0%
0%

އެޕަލް ހަފުލާ ފެށެނީ އެވެ. ގިނައިރުތަކެއް ދެން ނުވާނެ އެވެ. އައިފޯން 13 ދުނިޔެއަށް ދައްކާލާ ހިސާބުން މުޅި އަހަރު ކުރި އިންތިޒާރު ވެސް ނިމިގެންދާނެ އެވެ.

އައިފޯން 13 އެޕަލުން މިރޭ އާންމުނަށް ދައްކާނެ އެވެ. އެއާއެކު އެޕަލް ވޮޗް 7 އާއި އެއާޕޮޑްސް 3 އާއި އައިޕެޑް 9 އަދި އައިޕެޑް މިނީ 6 ތައާރުފު ކުރާނެ ކަމަށް ގިނަ ބަޔަކު ތިބީ އުންމީދު ކޮށްގެނެވެ. އެޕަލް އިވެންޓާ ބެހޭ ގޮތުން ދެއްކި ހުރިހާ ވާހަކައެއް ދިމާޥެއްޖެ ނަމަ މެކްބުކް ޕްރޯއާ ބެހޭ ޚަބަރުތަކެއް ވެސް އިވިގެން ދާނެ އެވެ.

އައިފޯން ހަފުލާގައި އައިފޯން 13، އެޕަލް ވޮޗް 7 އަދި އިތުރު އުފެއްދުންތައް ދައްކާނެ

ދުނިޔެއަށް ފެތުރިގެންފައިވާ ކޮވިޑާ ހެދި އެޕަލުން ކޮންމެ އަހަރަކު ބާއްވާ އައިފޯން ހަފުލާއާށް ވެސް ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ. ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން މަނާކުރި ހިސާބުން އައިފޯން އަފުލާ ވެސް އޮންލައި / ވާޗުއަލް އިވެންޓަކަށް ބަދަލުވި އެވެ.

އެޕަލް ހަފުލާ މިރޭ ވެސް އޮންނާނީ ވާޗުއަލްކޮށެވެ. ވާޗުއަލް ހަފުލާތައް މުޅިންވެސް ބާއްވާފައި ވަނީ އެޕަލްގެ ބިލިޔަން ޑޮލަރު އަގުހުރި "ސްޕޭސްޝިޕް" އިމާރާތުގަ އެވެ.

ކެލިފޯނިއާ ސްޓްރީމިންގެ ނަމުގައި އެޕަލުން މިރޭ ބާއްވާ އައިފޯން ހަފުލާ ބާއްވާ ތަނާކާ ބެހޭ ގޮތުން ބުނެވެނީ ހަފުލާގެ ކޮންމެވެސް ބައެއް އުޑުފެންނަ ހިސާބުގައި – ހަނަފަސް ސަހަރާގައި ބާއްވަފާނެ ކަމަށެވެ. އެއީ އައިފޯނަށް މިހާރު ގެންނާނެ ކަމަށް ބުނެވޭ ސެޓެލައިޓް އިމަޖެންސީ ކޯލް ޓެސްޓްކުރަން ކަމަށް ބުނެވެ އެވެ.

Send us your opinion
Sign in or register to be part of avas community
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910