ދުނިޔެ

އައިފޯން 15 ރިލީޒްކުރުން މިރޭ

އައިފޯންގެ ބެލެނިވެރި ކުންފުނި -- އެޕަލްއަށް ވުރެ ބޮޑު އުފަލެއް، އައިފޯނަށް މަރުދީގެން ތިބި އެ ކުންފުނީގެ ވަފާތެރިންނަށް މިރޭ ލިބޭނެ އެވެ.

އައިފޯން 14 އާންމުކުރިތާ އަހަރެއްހާ ދުވަސް ފަހުން -- މިރޭ މިއީ އައިފޯން 15 އާންމުކުރާ ބޮޑު ރެ އެވެ.

ކުރިއަށް އޮތް ދެތިން ގަޑިއިރު ތެރޭގައި އައިފޯން 15 މުޅި ދުނިޔެއަށް އާންމުކުރާނެ އެވެ. ބާރަ މަސް ދުވަސް ވަންދެން ކުރި އިންތިޒާރު ނިމި، އައިފޯން ހަމަލޮލަށް ފެނުމުގެ ނަސީބު ގިނަ ބަޔަކަށް ލިބިގެން ދާނެ އެވެ.

އައިފޯން މަރުކާގެ ކޮންމެ އައިފޯނެއް ނެރޭއިރު، އެއަށް ވުރެ މޮޅު އަދި ބާރުގަދަ އައިފޯނެއް އޭގެ ކުރިން ނެރެފައެއް ނުވެ އެވެ.

އައިފޯން މާކެޓްކުރަން ސްޓޭޖަށް އަރާ ކޮންމެ މީހަކުވެސް، މި ލަފުޒުތައް ހައްޓަށް ބާރުލާފައި ތޮއްޖެހިފައި އޮންނަ އެއްވުމަށް އިއްވަ އެވެ. ނަމަވެސް، އައިފޯން 15 އަކީ އެޕަލް އެހެން މީޒާނަކުން ތަފާތު މީޒާނަކަށް ގެންދާން ފޯނެއް ކަމަށް ބުނެވެ އެވެ.

އައިފޯން 15 މާކެޓްކުރަން އެޕަލް އިން އެންމެ ފުރަތަ ދޫކޮށްލި ޓީޒާ ވީޑިއޯއިން ވެސް މާނަކުރެވެނީ މި އިހްސާސެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ، އަދި އައިފޯން 15 ޕްރޯ މެކްސް މިރޭ ދައްކާލާނެ އެވެ.

އާންމުންނާ ހަމައަށް މި ފޯނުތައް އަހަރުގެ އެކި ދުވަސްވަރަށް ބަހާލައިގެން ފޯރި ނަމަވެސް، އައިފޯން 15ގެ ހުރިހާ މޮޑެލެއް ހުންނާނެ ގޮތް މިރޭ ފެންނާނެ އެވެ.

އައިފޯން 15 މޮޑެލްތަކުގެ ބާރުވެރިކަން: ދެ އިނގިލިކުރިން ނެގޭ ވަރު

  • އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސްއަށް އޭ17 ބަޔޮނިކް ޗިޕް
  • އައިފޯން 15 އަދި އައިފޯން 15 ޕްލަސް އަސް އޭ16 ބަޔޮނިކް ޗިޕް
  • އައިފޯން 15ގެ ޕްރޯ ފޯނުތަކަށް ސްޓެއިންލަސް ސްޓީލްގެ ބަދަލުގައި ޓައިޓޭނިއަމް
  • އައިފޯން 15ގެ ހުރިހާ ފޯނުތަކަށް ވެސް ބާރުގަދަ ބެޓެރީއެއް
  • އައިފޯން 15ގެ ޕްރޯ މޮޑެލްތަކަށް "މިއުޓް ސްވިޗް"ގެ ބަދަލުގައި ސްކްރީން ބަޓަނެއް
  • ލައިޓްނިން ކޭބަލްގެ ޓައިޕްސީއަށް ބަދަލުވުން