އެޕަލް އައިޕެޑް އާއިލާއަށް އާ މޮޑެލްތަކެއް މާޗް 26 ގައި ތައާރަފުކުރަނީ އެވެ.
މި މޮޑެލްތައް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާކެޓަށް ނެރޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މާޗް 26 ގައި އެޕަލުން ތައާރަފްކުރާނީ އޯލެޑް އައިޕެޑް ޕްރޯ އަދި އޯލެޑް އައިޕެޑް އެއާގެ މޮޑެލްތަކެވެ. މިއީ އައިޕެޑެއްގައި އޯލެޑް ބޭނުންކުރެވޭ ފުރަތަމަ ފަހަރު ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އައިޕެޑްގައި ކުރިމަތީ ކެމެރާ އިންނަ ތަން -- ކޮޅުގެ ބަދަލުގައި އަރިމައްޗަށް ބަދަލުކުރާ ވާހަކަތަކެއްވެސް އެބަދެކެވެ އެވެ. އަދި މެގްސޭފް ވަޔަލެސް ޖާޗިން ހިމަނާނެ ކަމަށްވެސް ބުނެވެ އެވެ.
މި ކަހަލަ ވާހަކަތައް އެޕަލްގެ ތެރެއިން އާންމު ގޮތެއްގައި ނުކުންނަނީ މައުލޫމާތު ހުރި މީހެއްގެ ފަރާތުން އެ މީހަކާ ގާތް ގުޅުމެއް އޮންނަ މީހެއްގެ ކިބައިންނެވެ.
އެޕަލްގެ އާދަކާދައިގެ މަތިން ކޮންމެ އަހަރަކު ވެސް ވަކި ތާރީހެއްގައި އުފެއްދުންތަކެއް މާކެޓަށް ނެރެ އެވެ. ނަަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި އަހަރު އުފެއްދުންތަކަށް އަދި ވަކި ތާރީހެއް ނުދެ އެވެ.
މިއަހަރު ކުރީކޮޅު ނެރޭނެ ކަމަށް ބެލެވޭ އައިޕެޑްގެ މި މޮޑެލްތައް އަންނަ މަސް -- އޭޕްރީލް ކުރީކޮޅު ނެރޭނެ ކަމަށް ބުނާ ވާހަކަތައް ވެސް އެބަ އުޅެ އެވެ. ނަމަވެސް އެޕަލްއާ ގުޅުން ހުރި ޗައިނާ ކުންފުނިތަކުން ބުނަނީ އައިޕެޑްގެ އާ މޮޑެލްތައް މާޗް 26 ގައި މާކެޓަށް ނެރޭނަ ކަމަށެވެ.
ޗައިނާ ކުންފުނިތަކުން މިހެން ބުނެފައި އޮތްއިރު އައިޕެޑް އާ މޮޑެލްތަކަށް ކަވަރާއި ސްކްރީން ޕްރޮޓެކްޓަރުތައް މާޗް 26 އިން ފެށިގެން އެމެޒޯން އޮންލައިން މާކެޓުން ލިބޭނެ ކަމަށް ބުނާ ޕޯސްޓެއް ވެސް ވަނީ އާންމުވެފަ އެވެ.
މި ތާރީހުގައި އައިޕެޑްގެ އާ މޮޑެލްތައް މާކެޓަށް ނުނެރޭނަމަ އެއާ ގުޅުން ހުރި އައިޓަމްތައް މާކެޓަށް ނެރޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އެޕަލްގެ އުފެއްދުންތައް ތައާރަފުކުރަން ބާއްވާ ހަފުލާތައް ކުލަގަދަ ނަމަވެސްއައިޕެޑްގެ އާ މޮޑެލްތަކަށް ވަކި ހާއްސަ ހަފުލާއެއް ނޯންނާނެ ކަމަށްބެސް ރިޕޯޓްތައް ބުނެ އެވެ.