ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޑޯޓްމަންޑް އާއި ބެސިކްޓަސް ބައްދަލު ކުރި މެޗުން ހަނި ގޮތަކަށް ޑޯޓްމަންޑް މޮޅުވެއްޖެ އެވެ.
ބެސިކްޓަސްގެ ދަނޑުގައި ކުޅުނު މި މެޗު ޑޯޓްމަންޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ޑޯޓްމަންޑްގެ ދެ ގޯލު ވެސް ފެނިފައި ވަނީ ފުރަތަަމަ ހަފުގަ އެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކަނާތު ފަޅިން ކުރިއަށް ކުޅެމުން އަންނަ ބެލިންހަމް އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ފުޅާ ކޮށްދިނީ އާލިން ހާލަންޑް އެވެ.
ފޯރިގަދަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާކޮށް ގިނަ ހަމަލަ ތަކެއް ފޮނުވާލާފަ އެވެ. އަދި އިދިކޮޅު ޓީމު ހިފެހެއްޓުމަށް ގިނަ ފައުލު ތަކެއް ދެ ޓީމުން ވެސް ކުރި އެވެ. އެކަމަކު މި މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑެއް ދައްކާފައެއް ނުވެ އެވެ.
ބެސިކްޓަސް އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މޮންޓޭރޯ އެވެ.