މަސްތުވާތަކެތި

ދެފުޅި ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާއެކު ދެމީހަކު ހައްޔަރުކޮށްފި

Nov 28, 2015
1

ދެ ފުޅި ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހުޅުމާލެއިން ދެމީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައި ވަނީ ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.

މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރޭ އިރާކޮޅު ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދުންނެވެ. ފުލުހުން ބުނީ މިދެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ފާރަވެރިވެގެން ތިއްބައި، ކަންނެލި ޖެޓީއަށް ކައިރިކުރި ޑިންގީއަކުން އައި މީހަކު ދެ ފުޅި ބަނގުރާ ހަވާލުކު ކުރި ކަމަށާއި އެވަގުތު ސައިކަލް ދުއްވަން އިންމީހާ ފުލުހުންނަށް ފިލާފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 21 އަހަރުގެ މީހާއަކީ އެވަގުތު ސައިކަލުގެ ފަހަތުގައިން މީހާއެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ދާން އުޅުނު ވަގުތު އެމީހާ އެވަގުތު އިން ސައިކަލުގެ ފަހަތު ދަގަނޑުގައި ފުލުހުން ހިފުމާއި ގުޅިގެން ބަނގުރާފުޅިތަކާއެކު މިމީހާ ވެއްޓުނު ވަގުތު ކަމަށެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބިދޭސީ މީހާއަކީ ކަންނެލި ޖެޓީ ސަރަޙައްދަށް ކައިރިކުރި ޑިންގީއިން ގެނައި ބަނގުރާފުޅިތައް ސައިކަލުގައި ތިބި ދެމީހުންނާ ހަމައަށް ގެނެސްދިން މީހާއެވެ. އެ ދެ މީހުން ބަލައިފާސްކުރިއިރު 21 އަހަރުގެ މިހާގެ އަތުން ދެ ފުޅި ބަނގުރާ ފެނިފައިވެއެވެ. އަދި ބިދޭސީ މީހާގެ އަތުން 14200ރ. އަށްވުރެ ގިނަ ރުފިޔާ އާއި ބޭރު ފައިސާތަކެއް ވެސް ފެނުނެވެ.