މިނިސްޓަރު އަލީ އިހުސާން

ތިން ދުވަހުން 16 ކިލޯގެ ޑްރަގު އަތުލައިގެންފި

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ މަގުމަތީގެ އަގުން ބަލާނަމަ 21.6 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.

އިހްސާން އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެއަކީ ޑްރަގުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަކީ އަޒުމެއް ކަމަށެވެ.

"ފުލުހުންނާއި ކަސްޓަމްސްގެ މި މަސައްކަތަށް ފަހުރުވެރިވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެކަމާ ބެހޭ ތަފްސީލް މިނިސްޓަރު ހިއްސާއެއް ނުކުރައްވަ އެވެ.