މަސްތުވާތަކެތި

ޑްރަގު ރިހިބިލިޓޭޝަން ސެންޓަރެއް ހިންގަން މެލޭޝިއާ ބަޔަކު ޝައުގުވެރިވެއްޖެ

މާލޭގައި ސަރުކާރުން ހިންގާ ނެޝަނަލް ޑްރަގު އެޖެންސީ -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ހަދައި އެ ތަން ހިންގުމަށް މެލޭޝިއާގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ޑްރަގު ރިހިބިލިޓޭޝަން ސެންޓަރު ގާއިމުކޮށް ހިންގުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެ ފުރުސަަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މެލޭޝިއާގެ ކުންފުންޏަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ޑްރަގު ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމުކޮށް ހިންގަމުންދާ ކުންފުންޏެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުންފުނިން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ފެންނާތީ އެކަމުގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"ރާއްޖޭގައި މަސްތުވާތަކެއްޗަށް ގޮސް އޭގައި ދެވިހިފާފައި މިތިބޭ ގިނަ މީހުންނަކީ އެހާ ފޯރުންތެރި މީހުންނެއް ނޫން. އެހެންވެ އަޅުގަނޑުމެން އެބަބަލަން މިއަށް ކިހިނެއްތޯ ހައްލެއް ލިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން އިތުރަށް ވިދާޅުވީ ރާއްޖޭގައި ޑްރަގު ރިހިބިލިޓޭޝަން ސެންޓަރު ގާއިމުކޮށް ހިންގުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެ ފުރުސަތު ހުޅުވާލުމުން އެކަމުގައި ވާދަވެރިކަން އުފެދި ހިދުމަތުގެ އަގު ދަށްވެ އަދި ކޮލިޓީ ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަަށެވެ.

ސަރުކާރުން މިވަގުތު ތިން ރިހިބިލިޓޭޝަނެއް ހިންގަމުން ދަނީ ކ. މާފުށީގައި އާއި ހުޅުމާލޭގެ އިތުރުން މާލޭގައެވެ. މީގެއިތުރުން ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގައި މިފަދަ ސެންޓަރުތަކެއް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު 8،000 މީހުންނާ ގާތްކުރާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު މިއީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް މިސަރުކާރުން ގަބޫލުކުރާތީ ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. ނިމިދިޔަ ސަރުކާރުގައި އެންޑީއޭ ކުރިން ހިންގަމުން ގެންދިޔައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345