މަސްތުވާތަކެތި

ނުރައްކާތެރި ޑްރަގެއް ރާއްޖޭގައި ދައުރުކުރަނީ

ފުލުހުން ޑްރަގުތަކެއް ނައްތާލަނީ -- ފޮޓޯ: އަވަސް
0%
0%
100%

ޑްރަގުގެ ނުރައްކާތެރި ބާވަތެއް ރާއްޖެއަށް ތައާރަފްކޮށް ދައުރުކުރަމުންދާތީ ސަމާލުވުމަށް ހޯމްލޭންޑް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަށް ތައާރަފްކޮށްފައިވާ ޑްރަގުގެ އާ ބާވަތަކީ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" އެވެ. އާންމު ނަމުންނަމަ އެއީ "ޗައިނާ ވައިޓް'' އެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ މިވައްތަރުގެ ޑްރަގު، ބައިނަލްއަގްވާމީ މާކެޓްގައި އުފައްދާ އަދި ދައުރުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

"އެހެންކަމުން މިކަން އާންމުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިއުލާންކުރަމެވެ." ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނެރެފައިވާ ކުރު ބަޔާނުގައި ބުނެފައިވެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް އެ މިނިސްޓްރީއާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތައް ގުޅިގެން ކުރަމުންދާ ކަމަށެވެ.

ފެންޓަނީލް އަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ އަދި ހެރޮއިންގެ ބަދަލުގައި ބޭނުންކުރާ ނުރައްކާތެރި ބާވަތެކެވެ. މިބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ބާރުގަދަ އެއްޗެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345