މޯލްޑިވްސް ކަސްޓަމްސް ސާވިސް

ވައިގެ މަގުން ރާއްޖެ ގެނައި ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

އެހެން މައްސަލައެއްގައި އަތުލައިގަތް މަސްތުވާތަކެތި
0%
0%
0%

ވައިގެ މަގުން ރާއްޖެ ގެނައި 5.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނި ގޮތުގައި މި ތަކެތި އަތުލައި ގަނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއައި ޕާކިސްތާނުގެ އުމުރުން 56 އަހަރުގެ ފިރިހެނެއްގެ ލަގެޖުންނެވެ.

އޭނާގެ ލަގެޖުން 5.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު ހެރޮއިންއަށް ހެރޮއިން އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 5.30 ކިލޯ ހުރިއިރު މި ތަކެތީގެ މަގުމަތީ އަގަކީ 5.3 މިލިއަން ރުފިޔާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ އަތުލައިގަތް މަސްތުވާތަކެއްޗާއި ފަސިންޖަރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910