ރައްޔިތުންގެ މަޖިލިސް

މުއްދަތު ހަމަވާ ގަވައިދުތަކަށް އަމަލުކުރަން އިތުރު މުއްދަތެއް

އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ދަށުން ބާރުދީފައިވާ ބައެއް ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު ހަމަވާތީ އެ ގަވައިދުތަކަަށް އަމަލުކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދެހާސް އަށްވަނަަ އަހަރު ފާސްކުރި އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައި ހިމެނޭ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަަށް ހަމަވާނެ އެވެ. އެހެންވެ އެ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުގެ ގަވައިދު ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 43 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަަ ކަމަަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

މުއްދަތު ހަމަވާ ގަވައިދުތަަކަށް އަމަލުކުރުމުގެ މުއްދަތު އަނެއްކާވެސް އިތުރުކުރި އިރު އާންމު ގަވައިދުތަކުގެ ގާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައި ހިމެނޭ ގަވައިދުތަކާ ގުޅިގެން އެކުލަވާލަން ޖެހޭ ބިލުތައް ވީހާވެސް އަަވަހަށް މަޖިލީހަށް ފޮނުވަން އެޓާނީ ޖެނެރަލް އޮފީހުގައި އެދެންވެސް ފާސްކޮށްފައިވެ އެވެ.


ގަވައިދުތަކަށް އަމަލުކުރުމަށް އިތުރުކޮށް ދީފައިވާ މުއްދަތުގެ ތެރޭގައި ބިލްތަކުގެ މަސައްކަތްތައް ނިންމައި ބިލް ތަސްދީގު ކޮށް ގާނޫނަކަށް ހެދޭނެ ގޮތަށް މަސައްކަތްތައް ކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ދަންނަވަން ވެސް މަޖިލީން ފާސްކުރި އެވެ.