ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ތިންވަނަ ޑޯޒް ހޯމަ ދުވަހު ޖަހަން ފަށަނީ

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް - ބޫސްޓާ ޑޯޒް- ހޯމަ ދުވަހު ޖަހަން ފަށާނެ ކަމަސް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭ ބުނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ސިއްޙީ ހިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ލަފާދީފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ ކަމާ ބެހޭގޮތުން މިހާތަނަށްކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށް ފަހުގައި ކަމަށްވެސް ބުންޏެވެ. އަދި މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިން ކަމަަަށެވެ. އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑްގެ ގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން ހަ މަސް ދުވަސް ފުރިހަމަވެފައިވާ މީހުންނަށް ކަމަަށް އެޗްޕީއޭ އިން ބުންޏެވެ

އެޗްޕީއޭއިން ބުނީ މިވަގުތު ކޮވިޑް-19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ މީހުންނަކީ 60 އަހަރުންމަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނަސް ކަމަށެވެ.

ތިން ވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުން ފެށިގެން ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ. ވެކްޝިން ޖަހަންދާނީ އެޗްޕީއޭގެ ވެކްސިން އެޕޮއިންޓްމެންޓް ހައްދައިގެނެވެ.