އެމްއެންޑީއެފް

ނުވަ މީހުން ތިބި ބޯޓެއް އަޑިއަށް ދަނީ

ރާއްޖެއަށް ދަތުރު ކުރަމުންދާ ބޯޓެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ސިފައިން ދެންމެ ބުނީ އޮކްޓޯބަރު ދެވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ބޯޓް، ޅ.އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ފަހެއް ޖަހަނިކޮށް ކަމަށްވެސް ބުންޏެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ސިފައިން ބުނީ ބޯޓްގައި ތިބީ ނުވަ މީހުން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ތަރުކާރީ އާއި މޭވާ ބަރުކޮށްގެން ދަތުރުކުރަމުން އަންނަ ބޯޓެއް ކަަމަށެވެ.

ބޯޓަށް އެހީތެރިވުމަށް އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ދަނީ ކޯސްޓްގާޑް ޝަހީދު އަލީ އެވެ. ނަމަވެސް ކޯސްޓްގާޑަށް އެ ސަރަހައްދަށް ދެވޭނީ މާދަމާ ހެނދުނު ކަމަށް ސިފައިން ބުންޏެވެ.