ދިރާގު ޓީވީ

ދިރާގު ޓީވީއަށް އެޕްލައި ކޮށްލައިގެން ހާއްސަ އިނާމުތަކެއް

Oct 8, 2021

ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަކީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ޖޯއިބޮކްސް ލިބޭ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް ތިނެއް ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން، ހޮވާލެވޭ ނަސީބުވެރި އިތުރު 10 މީހުންނަށް، އެ ކަސްޓަމަރަކު ބޭނުންވާ ޕެކޭޖެއްގެ ހަ މަސް ދުވަހުގެ މަހުފީ ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްލުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް ވެސް ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ.