ޕީޕީއެމް

ޕީޕީއެމަށް ނިސްބަތްވާ މާލެ ކައުންސިލަރުންނާ ބައްދަލުކޮށްފި

Oct 27, 2021
މިއަދުގެ ބައްދަލްވުމުގެ ތެރެއިން --
0%
0%
0%

މާލޭ ސިޓީ ކައުންސިލްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ނިސްބަތްވާ ކައުންސިލަރުންނާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން މިއަދު ބައްދަލު ކޮށްފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި މި ބައްދަލުވުމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނީ މައިގަނޑު ބޭނުމަކީ މާލޭ ސިޓީގެ ރައްޔިތުންނަށް ސޓީ ކައުންސިލުން ދެމުންދާ ހިދުމަތްތައް ހަރުދަނާ ގޮތެއްގައި ދިނުމާއި ގުޅޭ މަޝްވަރާ ކުރުން ކަމަށެވެ. މިބައްދަލުވުމުގައި މާލޭސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރު ސިޓީ ކައުންސިލްގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާ އަދި އެކި ގޮތްގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

އަދި ކައުންސިލުން ކުރައްވަމުން ގެންދާ މަސައްކަތްތައްވެސް މޭޔަރު ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެއް އޮވެގެން މިހާރު މާލޭ ސިޓީގެ ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ދިނުމަށްޓަކައި ކުރަމުންދާ މަސައްކަތް ލީޑާޝިޕުން ފާހަގަކޮށްފައިވާ ކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ. އަދި ރައީސް ޔާމީން ގެންގުޅުއްވި ސިޔާސަތުތަކާ އެއްގޮތަށް ސިޔާސީ އެއްވެސް ފިކުރަކަށް ތަފާތު ކުރުމެއްނެތި މާލޭ ސިޓީގެ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް ހިދުމަތްތައް ދިނުމާއި ބެހޭގޮތުން ކައުންސިލަރުންނާއެކު ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910