ހުސައިން ވަހީދު

ކުރީގެ ސީޕީ ހުސައިން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް
0%
0%
100%

މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ނިންމަވައިފި އެވެ.

ހުސައިންގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި މިއަދު ކުރައްވާފައިވާ ޕޯސްޓްތަކެއްގައި ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމަށް އޭނާ ވާދަކުރައްވާނެ ކަމަށާއި ހުރިހާ ބޭފުޅުންގެ ތާއީދާއި ލޯތްބާއި ދުއާ ބޭނުންވާ ކަމަށެވެ.

"ގިނަ ބަޔަކު މިސުވާލުގެ ޖަވާބު ބޭނުންވާތީ ދަންނަވާލީ،" ހުސައިން ވިދާޅުވި އެވެ.

ހުސައިން ވަހީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

ހުސައިން މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ ކޮން ޕާޓީ އަކުން ކަމެއް އޭނާ އަދިވެސް ހާމަކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ހުސައިން އަކީ ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންނާ ގާތްގުޅުންތަކެއް އޮންނަ ބޭފުޅެއް ކަމަށްވާތީ އޭނާ ވާދަކުރައްވާނީ ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ކަމަށް ބެލެވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާނެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ އިއުލާންކުރައްވާފަ އެވެ. މަހްލޫފް ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓްގައި ކަމަށް ބެލެވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ އެކު މާލޭގެ މޭޔަރުގެ މަގާމު ހުސްވާނެ އެވެ. އެ މަގާމު ހުސްވާތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345