އިލެކްޝަންސް ކޮމިޝަން

މޭޔަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ތަރުތީބުކޮށްފި

މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި އެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވަނީ އިންތިހާބާބެހޭ މައި މަރުކަޒު -- ދަރުބާރުގޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކެންޑިޑޭޓުންގެ ނަންބަރު

  • ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ - އަމިއްލަ ގޮތުން
  • ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު - އަމިއްލަ ގޮތުން
  • ކެންޑިޑޭޓް ނަންބަރު 3: އާއިޝަތު އާޒިމާ ޝަކޫރު - ޕީއެންސީ
  • ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް - އެމްޑީޕީ
  • ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު - ދަ ޑިމޮކްރެޓްސް

މާލޭގެ މޭޔަރާއި މާލެ ސިޓީ ކައުންސިލަށް ހޮވަންޖެހޭ ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ 13 ވަނަ ދުވަހު އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑި ހުސްވީ ތިން ކައުންސިލަރަކު ރައީސް މުއިއްޒުގެ ސަަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށްޓަކައި ކައުންސިލުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.