އާޒިމާ ޝަކޫރު

އާޒިމާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމަވައިފި

ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝުކޫރު ޖަލްސާއެއްގައި ވާދަކުރައްވަނީ -- ފޮޓޯ: އަވަަސް
0%
0%
0%

އިންތިހާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ އެކު ހުސްވާ މާލޭގެ މޭޔަރުގެ މަގާމަށް ކުރިމަތިލެއްވުމަށް ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝުކޫރު ނިންމަވައިފި އެވެ.

އާޒިމާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މޭޔަރުގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމެވީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި ބޭފުޅަކަށް ވެފައި ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގު ހުންނެވުމާ ގުޅިގެން ކަމަށެވެ.

"އަދި މާލެ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވި އެކަންކަން ދިވެހި ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނެގުމަށް އަޅުގަނޑު ބޭނުންވާތީ އެވެ،" ބަޔާނުގައިވެ އެވެ.

އާޒިމާ ވަނީ މާލެއަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާ އެކު މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒު އެކުލަވާލާފައިވާ ފަސް އަހަރުގެ ސްޓެރެޓިޖިކް އެކްޝަން ޕްލޭން ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައިވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމަށް އާޒިމާ ކުރިމަތިލައްވަން ނިންމަވާފައިވަނީ ޕީޕީއެމް ޕީއެންސީގެ ޓިކެޓް ގައެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވެސް ވަނީ ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910