ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި ދެ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.

މިއަދު ފުރަތަމަ މަރުވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ރޭ މެންދަމު 2:00 ޖެހި އިރު ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ދެން މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ. އެ މީހާއަކީ 90 އަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އޭނާ މަރުވީ މިއަދު ހެނދުނު 10:45 ގައެވެ.

މި އަދުގެ މި ދެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 250 އަށް އަރާފަ އެވެ.

ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު ދަށްކަން ފާހަގަކުރެވެ އެވެ. މިވަގުތުވެސް 12 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް 91،464 މީހަކަށް ބަލި ޖެހިފައިވާއިރު 89،434 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 1،769 މީހެކެވެ.