ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް 15 ނަރުހުން ހޯދަނީ

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި މަަސައްކަތް ކުރާނެ 15 ނަރުހުން ހޯދަން ހުޅުމާލޭ ހޮސްޕިޓަލުން އިއުލާނު ކޮށްފި އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އިއުލާނުގައި ބުނެފައި ވަނީ ކޮވިޑް ފެސިލިޓީއަށް ހޯދަނީ ސްޕެޝަލިޓީ ދައިރާއަކުން ހަތަރު ނަރުހުންނާއި ސްޕެޝަލިޓީ ސީނިއާ ނަރުހަކާއި ރެޖިސްޓާޑް ހަ ނަރުހަކާއި ކްލިނިކަލް ދެ ނަރުހަކާއި ސީނިއާ ރެޖިސްޓާޑް ދެ ނަހުރެކެވެ.

ރަޖިސްޓާޑް ނަރުހެއްގެ މުސާރައަކީ 9060 އާއި 9360 ރުފިޔާގެ ދެމެދުގެ އަދަދެކެވެ. އަދި ސީނިއާ ރެޖިސްޓަޑް ނަރުހެއްގެ މުސާރައަކީ 9670 އާއި 1016 ރުފިޔާގެ ދެމެދުގެ އަދަދެކެވެ. ކްލިނިކަލް ނަރުހަކަށް 10410 ރުފިޔާއާއި 10940 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ. އަދި ސްޕެޝަލިޓީ ނަރުހުންގެ މުސާރައަކީ 9360 އާއި 9670 ރުފިޔާގެ ދެމެދުގެ މުސާރައެއް ކަމަށާއި ސްޕެޝަލިޓީ ސީނިއާ ނަރުހަކަށް 10170 އާއި 10650 ގެ މުސާރައެއް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ސްޕެޝަލިޓީ ނަރުހުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 235 ރުފިޔާ އަދި އެހެން މަގާމުތަކުގެ ނަރުހުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި 188 ރުފިޔާ ލިބޭނެ ކަމަށެވެ.

ނަރުހުން ކުރަން ޖެހޭނެ މަސައްކަތަކީ ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވައި ހިދުމަތް ދީ އިވެލުއޭޓްކުރުމާއި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން އެ ޕްލޭނާ އެއްގޮތަށް ފަރުވާދިނުން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ހާއްސަ އެހީތެރިކަމަށް އެހެން ސިއްހީ ޕްރޮފެޝަނަލުންގެ ހިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލޭޓްކޮށްދޭން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރަން ވެސް ޖެހެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މަމިހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:00 ކެވެ. މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ހުޅުވާލޭ ހޮސްޕިޓަލްގެ ކޮވެލި ބިލްޑިންގެ ހަތަރުވަނަ ފަންގިފިލާއަށް ނުވަތަސް އެ ހޮސްޕިޓަލްގެ އީމެއިލް އަށް ލިޔެކިއުންތައް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ.