އަބްދުﷲ ޝާހިދު

އެންމެންގެ ހައްގުތައް ބަލައިގަތުމަކީ ސުލްހައިގެ ބިންގާ: ޝާހިދު

ހުރިހާ ފަރުދުންގެ ހައްގުތައް ބަލައިގަތުމަކީ މިނިވަންކަމާއި އަދުލު އިންސާފާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ ބިންގާކަމުގައި އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ އެލްޑީސީ/ސިޑްސް ޓްރަސްޓް ފަންޑް ވާކްޝޮޕް ފޯ އޭޝިއާ ރީޖަންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެ ބައްދަލްވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވައި ޝާހިދުވަނީ އެންމެންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ދައުރުގައި އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދި ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިމަތީގައި ހުރިހާ އަޑުތަކެއް އިއްވައި މެންބަރު ހުރިހާ ގައުމުތަކަށް ތަމްސީލުކުރުމުގެ ހަމަހަމަ ފުރުސަތު ތަކެއް ހޯދައިދިނުމަކީ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ހެއްކަކީ އިންސާނީ ހައްގުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެޗްއާރުސީއިން ފާސްކޮށްފައިވާ މުހިންމު ދެ ގަރާރެއް މިއަހަރުގެ ތެރޭގައި ފާސްވެގެން ދިޔަ ދިއުން ކަމަށް ވިދާޅުވިއެވެ.

އަދި މި ގަރާރުތަކަކީ ކައުންސިލްގައި ހިމެނޭ އެލްޑީސީ އާއި ސިޑްސްގެ ގައުމުތަކުގެ އަޑުތަކުން މަންފާ ލިބުނު ގަރާރުތަކެއްކަމާމެދު ޝައްކު ނުކުރައްވާކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.