ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބެއް: ރައީސް

Oct 11, 2022
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
0%
0%
0%

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ އިންތިހާބުވުމަކީ ބޮޑު ކާމިޔާބެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ތިންވަނަ ދައުރަކަށް ރާއްޖެ މިރޭ އިންތިހާބުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ އިންސާނީ ހައްގުތަކާއި، އަސާސީ ހަމަހަމަކަމާއި، މިނިވަންކަމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސްތައް ކަމަށެވެ، އިންތިހާބުގައި ރާއްޖެއަށް ލިބުނު ކާމިޔާބާ ގުޅިގެން ފަހުރުވެރިވެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ރައީސް ވަނީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި އެ ވުޒާރާގެ މުވައްޒަފުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.


އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިރޭ ކުރިއަށް ގެންދިޔަ އިންތިހާބުގައި ވޯޓުލީ 189 ގައުމުގެ ތެރެއިން 154 ގައުމުގެ ވޯޓު ރާއްޖެއަށް ލިބިފައިވެ އެވެ.

ރާއްޖެ ހޮވުނީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްފައިވާ ހަތަރު ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ. އަނެއް ތިން ގޮނޑިއަށް ހޮވުނީ ވިއެޓްނާމް، ބަންގްލަދޭޝް، ކިރިގިސްތާން އެވެ.

މިއީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ ހޮވުނު ތިންވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެ އިން ވަނީ 2011 އިން 2026 އަށް ވިދިވިދިގެން ދެ ދައުރު މެންބަރުކަން ކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345