އެޕެރެންޓިސްޝިޕް ޕްރޮގްރާމް

ވެމްކޯއިން 29 ޒުވާނުން ތަމްރީން ކުރަނީ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 29 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ޔޫތް މިނިސްޓްރީ އިން ވެމްކޯއާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އާދަމް މުހައްމަދު އެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.

ވެމްކޯގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން 29 ފުރުސަތު ހުޅުވާލަނެ ކަމަށް އެމްޑީ އާދަމް ވިދާޅުވި އެވެ.

ޕްރޮގްރާމްގައި ވެލްޑާ ތަމްރީނަށް ތިން ސްލޮޓު، ކޭޝިއާ ތަމްރީނަށް 10 ސްލޮޓު، ސްޓޯ ކީޕާ ތަމްރީނަށް ދެ ސްލޮޓު، ޑްރައިވަރު/އޮޕަރޭޓަރު ތަމްރީނަށް ފަސް ސްލޮޓު އަދި މެރިން މެކޭނިކަކަށް އެއް ސްލޮޓާއި އޮޓޯމޯޓިވް މެއިންޓަނަންސް މެކޭނިކަކަށް ތިން ސްލޮޓެއް ވެމްކޯއިން ކަނޑައަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވެމްކޯގެ ތަމްރީންތަކުގައި ހަ މަސްދު ވަސް ހޭދަކުރަން ޖެހޭނެ އެވެ. ކޮންމެ މަހަކު 5000 ރުފިޔާގެ އެލެވެންސެން ދޭނެ އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.